އިންޑިއާގެ ކުންފުނިތަކުން މިހިނގާ 2025 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ހިންގާފައިވާ ވިޔަފާރި މުއާމަލާތްތަކަކީ މިދިޔަ 6 ކުއާޓަރުގެ ތެރޭގައިވެސް ފެނިގެން ދިޔަ އެންމެ މަތީ ދަރަޖައަށް ގޮސްފައިވާ މުއާމަލާތްތަކައި ހަރަކާތްތައް ކަމަށް ބުނެއެވެ. އިންޑިއާގެ ކުންފުނިތަކުން 44.3 ބިލިއަން ޑޮލަރުގެ މުއާމަލާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޕީޑަބްލިއުސީން ބުނެ އެވެ.
އިންޑިއާގެ އިގްތިސާދުގައި ހިތްވަރު ޖެހިފައިވާ ކަން ދައްކުވައިދޭ މިފިޔަވަޅުތައް ކުރިއަށް ދިޔައީ ކުންފުނިތައް މާޖު ކުރުމާއި ޕްރައިވެޓް އިކުއިޓީ އިންވެސްޓްމަންޓްތަކުގެ ސަބަބުން ނެވެ. އަދި ޓެކްނޮލޮޖީއާއި، މާލީ ޚިދުމަތްތަކާއި ހަކަތައިގެ ދާއިރާއާއި، އިންފްރާސްޓްރަކްޗާގެ ދާއިރާތަކުން ވެސް މުއާމަލާތްތައް ކުރިއަށް ގޮސްފައިވާ ކަމަށް ދައްކައެވެ.
އިންޑިއާގެ ކުންފުނިތަކުން ވަނީ ބައިނަލްއަގްވާމީ ދާއިރާގައި ވިޔަފާރި ފުޅާކޮށް ދުނިޔޭގެ އިންވެސްޓަރުން އިންޑިއާގެ ވިޔަފާރި ތަރައްގީއަށް ސަމާލުކަން ދިނުމުން ސަރަހައްދު ހުރަސްކޮށް ހަދާ ވިޔަފާރި އެއްބަސްވުންތައް އިތުރު ކޮށްފައި ކަމަށްވެސް ޕީޑަބްލިއުސީން ފާހަގަކުރެ އެވެ.
މުހައްލިލުން ދެކޭ ގޮތުގައި މިކަންކަމުގެ ސަބަބުން މެކްރޯ އިގްތިސާދީ ހާލަތު ހަމައަކަށް އެޅުވުމާއި، އިންފްލޭޝަންގެ ޕްރެޝަރުތަކަށް ލުޔެއް ލިބުމާއި، ކޯޕަރޭޓް އާމްދަނީ ވަރުގަދަވުމާއި، އޭޝިއާގައި ރައުސްމާލު އިތުރުވެގެން ދިއުމުގައި އިންޑިއާ މަރުކަޒީ ނާރެހަކަށް ވެފައި ވެއެވެ.
ނަމަވެސް ސަރަހައްދީ މައްސަލަތަކާއި ގަވާއިދުގެ އޮނިގަނޑުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ބައެއް ދާއިރާތަކުން ކުރިއެރުން މަޑުޖެހިދާނެ ކަމަށް އިންޒާރު ދީފައި ވެއެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ކުއާޓަރުތަކުގައި ވިޔަފާރި ހަރަކާތްތައް މިއަށް ވުރެން ވަރުގަދަ ވާނެ ކަމަށް ޕީޑަބްލިއުސީން ލަފާކުރެ އެވެ.






