ޖެމެއިކާއާއި ކިއުބާއަށް އެހީ ފޮނުވައިފި

ތޫފާން މެލިސާގެ ސަބަބުން ޖެމެއިކާ އަދި ކިއުބާއަށް އިންޑިއާއިން 20 ޓަނުގެ އެހީގެ ސާމާނު ފޮނުވާފައިފިއެވެ. މި ތަކެތީގެ ތެރޭގައި ހިމެނެނީ ކެރިބިއަން ގައުމުތަކުގައި އެހީގެ މަސައްކަތްތަކަށް ފަސޭހަކޮށްދިނުމަށް ކޮންމެހެން ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި، ފޭލިގެތަކާއި އެހެނިހެން ކުއްލި ހާލަތުގައި ބޭނުންކުރާ ތަކެއްޗެވެ. ޤުދުރަތީ ކާރިސާތަކުގެ ސަބަބުން ގެއްލުން ލިބޭ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން އަބަދުވެސް އަވަސް ވަގަނެއެވެ. އިންޑިއާއިން މިތަކެތި ސަޕްލައި ކުރީ ޚާއްޞަ މަތިންދާބޯޓެއްގައެވެ.

އޮފިޝަލުން ވިދާޅުވީ މި އިސްނެގުމަކީ ކެރިބިއަން ސަރަހައްދުގެ ގައުމުތަކާ ގުޅުން ބަދަހިކޮށް، އިންސާނީ އެހީ ދިނުމުގައި އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި އިންޑިއާގެ ދައުރު ދައްކުވައިދިނުމަށް ކަމަށެވެ. ޖެމެއިކާ އާއި ކިއުބާ އިން ވެސް ވަނީ އިންޑިއާގެ ފަރާތުން ވަގުތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.

މީގެ ކުރިންވެސް އިންޑިއާއިން ވަނީ މިފަދަ އެހީތައް އޭޝިއާ، އެފްރިކާ، އަދި ލެޓިން އެމެރިކާގެ ގައުމުތަކަށް ފޯރުކޮށްދީފައެވެ. އިންޑިއާއަކީ އދގެ ސުލްހަ ބަލަހައްޓާ ލަޝްކަރަށް އެންމެ ގިނައިން އެހީވެދޭ ގައުމުވެސް މެއެވެ. އިންޑިއާގެ ޝިއާރަކީ ދުނިޔެއަކީ އެއް އާއިލާއެކެވެ!

ހިއްސާ ކުރައްވާ!