ރުމޭނިއާ މެދުވެރިކޮށް އީޔޫއަށް ވަނުމަށް މަސައްކަތް ކުރަނީ

އިންޑިއާ އާއި ރޫމޭނިއާގެ އިގްތިސާދީ ޕާޓްނަޝިޕް ވަރުގަދަ ކުރުމަށްޓަކައި ވިޔަފާރި އާއި މޮބިލިޓީގެ ދާއިރާއިން އެއްބާރުލުން ހަރުދަނާ ކުރުމަށް އެއްބަސްވެއްޖެއެވެ. ރުމޭނިއާގެ ފޮރިން މިނިސްޓަރ ވަނީ އިންޑިއާއަށް ޒިޔާރަތް ކުރައްވާފައެވެ.

މި އިސްނެގުމުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި ހުނަރުވެރި ޕްރޮފެޝަނަލުންނާއި ދަރިވަރުންނާއި މަސައްކަތްތެރިން ދަތުރުކުރުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން ދެގައުމުގެ ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމެވެ. ދެ ފަރާތުން ވެސް ވަނީ އިގްތިސާދީ އެއްބާރުލުން އިތުރުކޮށް، ދިގު މުއްދަތުގެ ކުރިއެރުމަށް އެހީތެރިވެދޭ އޮނިގަނޑުތައް ބިނާކުރުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ.

އިންޑިއާގެ މަސްއޫލުވެރިން ފާހަގަކުރެއްވި ގޮތުގައި މި ޕާޓްނަޝިޕަކީ ދުނިޔޭގެ އިގްތިސާދީ ގުޅުންތައް ސިންދިފާތުކުރުމަށް އިންޑިއާއިން ގެންގުޅޭ ފުޅާ ސްޓްރެޓެޖީއާއި ޔޫރަޕިއަން ޔޫނިއަންގެ މާކެޓަށް ވަދެވޭނެ ދޮރެއްގެ ގޮތުގައި ރޫމޭނިއާގެ ޝައުގުވެރިކަން ދައްކުވައިދޭ ޕާޓްނަޝިޕެކެވެ. މި އެއްބާރުލުން ޓެކްނޮލޮޖއާއި، ތައުލީމާއި، ސަގާފީ ދައިރަގެ ގުޅުންތަކަށް ފުޅާވެ، ދެމެހެއްޓެނިވި އަދި ދެފަރާތަށް ފައިދާހުރި ގުޅުމެއް އުފެއްދުމަށް މަގުފަހިވާނެ ކަމަށް ބެލެވެ އެވެ.

ހިއްސާ ކުރައްވާ!