އިސްލާމޯފޯބިއާ: ޖަރުމަނާއި އޮސްޓްރިއާގައި މުސްލިމުންނާ ދެކޮޅުވެރި ވަނީ ކީއްވެ؟

ޔޫރަޕްގައި މުސްލިމުންނާ ދެކޮޅަށް އަދާވާތްތެރި އަމަލުތައް އެންމެ ގިނައިން ހިންގަނީ ހިޓްލަރު އުފަންވި އޮސްޓްރިއާގައާއި އޭނާވެރިކަން ކުރި ޖަރުމަންވިލާތުގައެވެ.

މުޅި ޔޫރަޕްގައި ކަނާތު ފިޔައިގެ ޝުއޫރުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި މުސްލިމުންނާ ދެކޮޅަށް ތަފާތު ކުރުމާއި އިސްލާމޯފޯބިއާގެ އަމަލުތައް ދަނީ އިތުރު ވަމުންނެވެ.

ވިލާތު އިއްތިހާދުގެ ގައުމުތަކުގައި ދެވަނައަށް އެންމެ ބޮޑު ދީނީ ޖަމާއަތަކީ  މުސްލިމުންނެވެ. ގާތްގަނޑަކަށް 26 މިލިއަން މީހުން ޔޫރަޕްހެ ޖަމާއަތުގެ ގައުމުތަކުގައި އުޅެއެވެ.

އީޔޫގައި ގާތްގަނޑަކަށް ކޮންމެ ދެ މުސްލިމުންގެ ތެރެއިން އެކަކު ނަސްލީ ތަފާތުކުރުންތައް ތަޖުރިބާކުރާ ކަމަށް ބުނެފައިވާއިރު، މިއީ 2016 ވަނަ އަހަރު %39 އަށް ވުރެ އިތުރުވެފައިވާ އަދަދެކެވެ.

މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މުސްލިމުންނަށް ވަނީ ވަޒީފާ ދިނުމާއި އަދި ހައުސިންގެ މާކެޓްތަކުގައި ތަފާތުކުރުން އިތުރަށް އިހުސާސް ކުރެވިފައެވެ.

އޮސްޓްރިއާގައި މުސްލިމުންނާ ދެކޮޅު ނަފްރަތުގެ ޖަރީމާތައް އިތުރުވެފައިވާއިރު، 2023 ވަނަ އަހަރު 1،500 އަށް ވުރެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވެ އެވެ.

އަދި 2017 އާއި 2022 އާ ދެމެދު އީޔޫގެ 13 ގައުމެއްގެ ތެރެއިން އެންމެ ގިނައިން މުސްލިމުންނާ މެދު ތަފާތުކޮށް އިސްލާމޯފޯބިއާގެ އަމަލު ހިންގާފައި ވަނީ އޮސްޓްރިއާ (71%)، ޖަރުމަނުވިލާތު (68%) ގައެވެ.

މިއަދުވެސް ޖަރުމަނުގެ ދާޚިލީ މިނިސްޓްރީން ވަނީ އިސްލާމީ ޝަރީއަތުގެ މޮޅު ވާހަކަ ދައްކާ ކަމަށް ބުނެ އިސްލާމިކް ސެންޓަރު ހެމްބާގް (އައިޒީއެޗް) ބަންދުކޮށް، އިތުރު މުސްލިމް ދެ ޖަމިއްޔާގެ އިދާރާއަށް ރެއިޑްކޮށްފައެވެ.

މިފަދަ ކަންކަން ފުލުހުން ކުރާއިރު މުސްލިމުންގެ އަގު ވެއްޓޭ ގޮތަށް ދޮގުވާހަކަ ފަތުރައެވެ. އަދި އިސްލާމީ ޖަމާއަތްތަކުން ވަނީ ފުލުހުންގެ މި އަމަލުތައް ކުށްވެރިކޮށްފައެވެ.

މިފަދަ ކަންކަން ކުރާއިރު ޔަހޫދީންނާއި ދެކޮޅުވެރި ވުމާއި ހަރުކަށި ފިކުރުގެންގުޅޭ ކަމަށް ބުނެ މުސްލިމުން ބަދުނާމު ކުރެއެވެ.

މުސްލިމުން ބުނަނީ މިއީ މުސްލިމް މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށް، ނަން ހުތުރުކޮށް އަގު ވައްޓާލައި ސަރުކާރުން މުއައްސަސާތަކުގެ ފެންވަރުގައި ހިންގާ  މުސްލިމުންނާ ދެކޮޅު ޝުއޫރުތައް ވަރުގަދަ ކުރުމުގެ މަސައްކަތެއް ކަމަށެވެ.

"ސަރުކާރުން ދީނީ ދިރިއުޅުން ކުށަކަށް ހަދަނީ ސަލާމަތީ ފިޔަވަޅުތައް ނިވާފަތްގަނޑަކަށް ހަދައިގެން،" މުސްލިމް މަންދޫބަކު ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!