ބަންގްލަދޭޝްގައި ހަމަނުޖެހުން ބޮޑުވެ، ސަލާމަތީ ބާރުތައް ވަރުގަދަކޮށްފި

ބަންގްލަދޭޝްގެ ސިޔާސީ ހަލަބޮލިކަން އިތުރުވެ، ހުޅުޖެހުމުގެ ޙަމަލާތަކާ ހެދި ސަލާމަތީ ބާރުތައް ވަރުގަދަކޮށްފިއެވެ. އަދި ސިޔާސީ ވާދަވެރިކަމާއި ހަމަނުޖެހުމުން މުޅި ގައުމު ވަނީ ނާޒުކު ހާލަތަކަށް ވެއްޓިފައެވެ. މިހާރު މަސްރަހުު އޮތް ގޮތުން އިތުރު ހަމަނުޖެހުންތަކެއް ހިނގާފާނެ ކަމުގެ ބިރު ބޮޑުވެފައިވެއެވެ. އަދި، އަމާންކަން ގާއިމް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިފަހަކަށް އައިސް ބަންގްލަދޭޝްގައި އާންމު ވަމުންދާ ހަމަނުޖެހުމުގައި، އާންމު ދަތުރުފަތުރަށް ބޭނުންކުރާ އެތައް އުޅަނދެއްގައި ރޯކޮށްލާފައި ވެއެވެ. އަދި، ވެރިރަށް ޑާކާ އާއި ވަށައިގެންވާ ސަރަޙައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް މަޖުބޫރުވެ ސިފައިންނާއި ފުލުހުން ރުކުރުވާލާފައި ވެއެވެ.

އެންމެ ފަހުގެ ހަމަލަތަކުގައި ޣާޒީޕޫރުގައި މަދުވެގެން ތިން ބަހުގައި ރޯކޮށްފައިވެއެވެ. އަދި ޑާކާގެ ސުތުރާޕޫރު ސަރަޙައްދުގައި ވެސް ވަނީ އިތުރު ބަހެއްގައި ރޯކޮށްލާފައެވެ. މި ޙަމަލާތަކަކީ ރޭގަނޑު ހިނގާފައިވާ އެތައް ހާދިސާއެއްގެ ތެރެއިން ހިމެނޭ ކަންކަމެވެ. މި ހަމަލައަކާއެކު ރާވައިގެން ހިންގާ ބަޣާވާތްތަކެއް އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންގޮސްފާނެ ކަމުގެ ކަންބޮޑުވުންތައް އިތުރުވެފައިޥާ ކަމަށް ސަރުކާރުން ބުނެއެވެ.

ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ބޯޑަރު ގާޑް ބަންގްލަދޭޝް އިން ވަނީ 14 ޕްލެޓޫން ނެރެ ފުލުހުންނަށް އެހީތެރިވުމަށް ރުކުރުވާލާފަ އެވެ. އަދި، ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް ބަންގްލަދޭޝް އިން ވެސް ވަނީ ހުރިހާ އެއާޕޯޓްތަކެއްގައި ފުޅާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް އަންގާފައެވެ. މިއީ ޤައުމީ ފެންވަރުގައި ހަމަނުޖެހުންތައް ފެތުރިދާނެ ކަމުގެ ބިރު އޮތްކަން ހާމަކޮށްދޭ ކަންކަމެވެ.

އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލް ޕާޓީ (ބީއެންޕީ) އިން ވަނީ ޖުލައި ޗާޓަރާ ގުޅޭގޮތުން ހިނގަމުންދާ ހަމަނުޖެހުމުގައި ކެތްތެރިކަން އިސްކުރުމަށް ގޮވާލާފައެވެ. މިއާއި ޚިލާފަށް އިދިކޮޅު އަވާމީ ލީގުން ދަނީ ޑާކާގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. ޖަމާއަތޭ އިސްލާމީގެ ލީޑަރު ވިދާޅުވެފައިވަނީ ޖުލައި މަހުގެ ކުރިން އެއްވެސް އިންތިޚާބެއް ބޭއްވުމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ.

ޑާކާ މެޓްރޮޕޮލިޓަން ފުލުހުންގެ ކޮމިޝަނަރު ވަނީ ހާލަތު ފުލުހުންނަށް ކޮންޓްރޯލު ކުރެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންނަށް ކެތްތެރިވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. ނަމަވެސް، ސަލާމަތީ ކަންކަމަށް ތައްޔާރު ވެފައިވާ މިންވަރުން ދައްކުވައިދެނީ، އިތުރު ހަމަނުޖެހުންތަކަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމެވެ.

ބަނގްލަދޭޝްގެ އިލެކްޝަން ކޮމިޝަނަރު ވަނީ ސިޔާސީ މަޝްވަރާތައް ފެށުމަށް ދައުވަތު ދީފައެވެ. ނަމަވެސް، ހުޅުޖެހުމުގެ ޙަމަލާތަކާއި، ސަލާމަތީ ބާރުތައް ވަރުގަދަކުރުމާއި، ސިޔާސީ ޕާޓީތަކު ހަރުކަން ދެއްކުމުން ވާހަކަތައް ބޭއްވިއަސް މިހާރު ކާމިޔާބު ވާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް މާނަވީ މަޝްވަރާތަކެއް ނުކުރެވޭނަމަ، ބަންގްލަދޭޝް އިތުރު ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓި، އާންމު ރައްޔިތުންނަށް އޭގެ ގެއްލުން ލިބިދާނެ ކަމަށް މުހައްލިލުން އިންޒާރު ދެއެވެ.

ހިއްސާ ކުރައްވާ!