ވައިޓްހައުސްގެ ރަސްމީ ވެބްސައިޓްގައި، ކުރީގެ ޑިމޮކްރެޓިކް ރައީސުންނަށް ހުތުރުވާ ގޮތަށް އެބޭފުޅުންގެ ވެރިކަމުގެ ދުވަސްވަރު ހިނގާފައިވާ ބައެއް ހާދިސާތައް ހިމަނައިގެން ވެބްސައިޓް އަޕްޑޭޓް ކުރުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒު ވެއްޖެއެވެ. މިއީ އެމެރިކާގެ ސިޔާސީ ތާރީޚުގައި މިފަދަ ހަސަދަވެރި އަމަލެއް އެމެރިކާގެ ރައީސެއްގެ ފަރާތުން ކުރީގެ ރައީސުންނަށް ދިމާވާ ފުރަތަމަ ފަހަރު ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ވައިޓްހައުސްގެ ރަސްމީ ވެބްސައިޓް ގައި ހިމެނޭ 'މޭޖަރ އިވެންޓްސް ޓައިމްލައިން' އަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކުގެ ތެރޭގައި ކުރީގެ ޑިމޮކްރެޓިކް ލީޑަރުން ކަމަށްވާ ބިލް ކްލިންޓަން، ބަރަކް އޮބާމާ އަދި ޖޯ ބައިޑަންގެ ވެރިކަމާ ގުޅުންހުރި ބައެއް މައްސަލަތައް ފާހަގަ ކޮށް އެބޭފުޅުންނަށް ހުތުރުވާފަދަ ލިޔުންތަކާއި ފޮޓޯއާއެކު ގެނަސްދީފައި ވެއެވެ. މިގޮތުން، ކްލިންޓަންގެ 1998 ވަނަ އަހަރުގެ މޮނިކާ ލުއިންސްކިއާއި ސުއްޓާގެ މައްސަލަ ވެބްސައިޓުގައި ގެނަސްދީފައި ވެއެވެ.
އަދި އޮބާމާގެ ވެރިކަމުގައި 2012 ވަނަ އަހަރު މުސްލިމް ބްރަދަރހުޑްގެ މަންދޫބުންނާ ބައްދަލުކުރެއްވި ކަމަށް ބުނެ އޮބާމާ ހަރުކަށި މުސްލިމުންނާ ގުޅުން ބަދަހި ކުރެއްވި ކަމަށްވެސް ބުނެފައި ވެއެވެ. މީގެ އިތުރުން، ރައީސް ބައިޑަންގެ ވެރިކަމުގައި ހިނގާފައިވާ މައްސަލަތައް ވެސް ވަނީ ލިސްޓްކޮށްފައެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރު ވައިޓް އިން ކޮކެއިން ފެނުނު ހާދިސާ އާއި، ވައިޓްހައުސްގައި ބޭއްވި އިވެންޓެއްގައި އަންހެނަކު ބަރަހަނާވި ހާދިސާ ހިމެނެއެވެ.
ވެބްސައިޓަށް ގެނެސްފައިވާ މި ބަދަލުތަކުގައި ސިޔާސީ ކުލަވަރު ވަރަށް ބޮޑަށް ފާޅުވެއެވެ. މިގޮތުން، ސަރުކާރު ބަންދުވުމުގެ މައްސަލަ ޑިމޮކްރެޓުންގެ ބޮލުގައި އެޅުވުމުގެ ގޮތުން ބެނާތަކާއި މެސެޖުތައް ވެސް ހިމަނާފައިވެއެވެ. މިކަމާ ގުޅިގެން އާންމު އަދަބާއި އަޚުލާގާ ބެހޭ މާހިރުން ވަނީ މިކަމަކީ ތާރީޚީ ގޮތުން ކުރިން އެމެރިކާގެ ރިއާސީ ގަނޑުވަރުން ފެނިފައި ނުވާފަދަ ކަމެއް ކަމަށް ބުނެ އިންޒާރު ދީފައެވެ. މިއީ އެމިރކާގެ މަރުކަޒީ ސަރުކާރުގެ މުވައްޒަފުންގެ ސިޔާސީ ހަރަކާތްތައް ހަނިކުރާ ގާނޫނާ ސީދާ ޚިލާފް އަމަލަކަށް ވެދާނެ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޓްރަމްޕްގެ މިއަމަލަކީ އޭނާގެ ފަޟީހަތްތައް މަތިޖަހަން ކުރާ މަސައްކަތެކެވެ. ޝަރީއަތުން ކޫށް ސާބިތުވެފައިޥާ މުޖުރިމަކަށް އެމެރިކާގައި ވެރިކަން ކުރާ ފުރަތަމަ މީހަކީ ޓްރަމްޕެވެ. އޭނާ ވަނީ އެއްދޮޅަހާ ގާތް ކުރާ އަދަދަކަށް އަންހެނުން ރޭޕް ކުރި މައްސަލަތަކުގައި ޝަރީއަތް ކޮށްފައެވެ. އަދި އޮރިޔާން ފިލްމު ކުޅޭ ސްޓޯމީ ޑެނިއެލް ރޭޕް ކުރުމަށްފަހު އޭނާ ހިމޭނުން ހުރުމަށް ރިޝްވަތު ދިންކަންވެސް ޓްރަމްޕަށް ސާބިތުވެފައި ވެއެވެ. އޭނާއަށް ޙުކުމް ކޮށްފައި ނުވަނީ ރައީސް ކަމަށް އޭނާ އިންތިޚާބު ވުމުންނެވެ. މީގެ އިތުރުން ޓްރަމްޕަކީ، ޅަ އަންހެން ކުދިން ހޯދައި ދޭން އުޅުނު ދައްލާލް ޖެފްރީ އެޕްސްޓެއިންގެ ބައިވެރިއެއްވެސް މެއެވެ.
ވައިޓްހައުސްގެ ވެބްސައިޓަށް ގެނައި މި ބަދަލުތަކާ ދިމާކޮށް ޓްރަމްޕް ސަރުކާރުގެ އޮފިޝަލުން ވަނީ މިކަން ދިފާޢުކޮށްފައެވެ. އެމީހުން ބުނެފައި ވަނީ މިއީ ރައީސުންގެ ތާރީޚު އޭގެ ގަހީގަތާ އެއްގޮތަށް ގެނަސްދިނުމަށް ކުރާ މަސައްކަތެއްގެ ބައެއް ކަމަށާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ޑިމޮކްރެޓިކް ޕާޓީގެ ކުރީގެ ރައީސުންނަށް ސީދާ ފުރައްސާރަ ކުރުމަށް ހިންގާފައިވާ ޢަމަލެކެވެ.






