ޓްރަމްޕްގެ ދެވަނަ ދައުރުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު

ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގައި އެމެރިކާއަށް ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގަތް ފުރަތަމަ ބޭރުގެ ލީޑަރަކީ، ސައޫދީ ވަލީ އަހުދު އަދި ބޮޑު ވަޒީރު މުހައްމަދު ބިން ސަލްމާނެވެ. ވައިޓްހައުސްއަށް އޭނާއަށް މަރުޙަބާ ދަންނަވާފައި ވަނީ ހޯމަ ދުވަހު އެވެ. މުހައްމދު ބިން ސަލްމާންގެ މި ދަތުރުފުޅުގައި ފުރިހަމަ ރަސްމިއްޔާތާއި މެހުމާން ދާރީ އަދާ ކުރުމަށް ތައްޔާރު ކޮށްފައި ވެއެވެ. މުހައްމަދު ބިން ސަލްމާންގެ އިސްތިގްބާލަކީ، 21 ބަޑީގެ ސަލާމުން ކުރާ އިސްތިގްބާލެކެވެ. އަދި އޮނާރ ގާޑާއި މަހާރެހެންދި މެލާނިއާ ޓްރަމްޕް އިންތިޒާމްކުރައްވާ ޖާފަތެއްވެސް އޮންނާނެއެވެ. މިއީ އެމެރިކާގެ ވެރިންނަށް އުމުރު ހަމަނުވާ އަންހެން ކުދިން ހޯދައިދޭ ދައްލާލް ޖެފްރީ އެޕްސްޓެއިން ގެ ފައިލްތަކުގައި ހުރި ޓްރަމްޕާ ބެހޭ ވާހަކަތައް މީޑިއާއަށް ތިލަވި ފަހުން ޓްރަމްޕް ބާއްވާ މުނާސަބާއެކެވެ.

ވަލީއަހުދު ގެ ދަތުރުފުޅަކީ އެމެރިކާއާއި ސައޫދީއާ ދެމެދު އޮންނަ ސްޓްރެޓެޖިކް ގުޅުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ. އަދި، މިދަތުރުފުޅުގައި އިގްތިސާދީ އެއްބާރުލުމާއި ސަރަހައްދީ ސަލާމަތާއި ދެގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާތައް ކުރުން އޮންނާނެއެވެ.

މި ދަތުރުފުޅުގެ ހުރިހައި ދުވަހެއް ވަލީ އަހުދަށް ޚާއްސަ ކުރެއްވުމަށް ޓްރަމްޕް ވަނީ އޭނާގެ ދުވަހުގެ ތާވަލް އެއްކޮށް ހުސްކޮށްލައްވާފައެވެ.

މިދަތުރުގެ ޚާއްސަ ކަންކަން:

  • މިއީ ޓްރަމްޕްގެ ދެވަނަ ރިޔާސީ ދައުރުގައި ބެރުގެ އިއްޒަތްތެރިއެއްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
  • ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ޝަރަފުގައި: 21 ބަޑީގެ ސަލާމް، އަސްކަރީ އޮނާ ގާޑެއް، ގައުމީ ލަވަ ކުޅުން.
  • އޯވަލް އޮފީހާއި ކެބިނެޓް ރޫމްގައި ބައްދަލު ވުން ބެއްވުން އަދި އޭގެ ފަހުން ރަސްމީކޮށް ފޮޓޯ ސެޝަނެއް ބޭއްވުން.
  • ވައިޓް ހައުސްގައި ސްޓޭޓް ޑިނަރ އިންތިޒާމު ކުރުން، މި ފަރިއްކޮޅުގައި ހުންނާނީ ސައުދީ ކެއްކުމުގެ ސަގާފަތާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ކެއުންތައް.
  • ވަލީއަހުދު ހުންނަވަނީ ބޭރުގެ އިސް މެހުމާނުންނަށް ޚާއްސަ ރަސްމީގެކޮޅު ކަމަށްވާ ބްލޭއާ ހައުސްގަ.
  • މި ދަތުރުފުޅުގެ ހުރިހައި ދުވަސްތައްވެސް ޓްރަމްޕް ޚާއްސަ ކުރައްވާނީ ވަލީ ޢަހުދަށް.

 

ހިއްސާ ކުރައްވާ!