އެމެރިކާގެ މުސްލިމުންގެ ހައްގަށް މަސައްކަތް ކުރާ މުސްލމުންގެ އެންމެ ބޮޑު އިސްލާމީ ޖަމްޢިއްޔާއަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ޓެކްސަސްގެ ގަވަރނަރު ކަނޑައަޅައިފިއެވެ. އެކަމާ ދެކޮޅު ހަދަމުން ކެއަރ އިން ބުނެފައި ވަނީ ޓެކްސަސްގައި މުސްލިމުންގެ ހައްގަށް މަސައްކަތް ކުރުމަށް ކެއަރ އިން މަސައްކަތް ކުރާނެ ކަމަށާއި އިޒްރޭލުގެ ޖެނޮސައިޑް ސިޔާސަތަށް ފާޑު ކިޔުން މަތީ ދެމިހުންނާނެ ކަމަށެވެ.
ޓެކްސަސްގެ ގަވަރުނަރުގެ މި ނިންމުން ކެއަރ އިން ސިފަކޮށްފައިވަނީ "ބަދުނާމުކުރުމަށް ކޮށްފައިވާ މަސައްކަތެއް ކަމަށާއި އެއީ ޤާނޫނާ ޚިލާފު" އަމަލެއްގެ ގޮތުގައެވެ. އަދި މި ނިންމުމަކީ އިޒްރޭލް ސަރުކާރުގެ ޖެނޮސައިޑް އަމަލުތަކަށް ފާޑުކިޔާ ފަރާތްތައް ބަދުނާމު ކުރުމުގެ ގޮތުން ގަވަރނަރު އެބޮޓް ކުރި މަސައްކަތެއް ކަމަށް ކެއަރގެ އެގްޒެކްޓިވް ޑިރެކްޓަރ ނިހާދު އަވޟު ވިދާޅުވެއެވެ. އެ ޖަމްޢިއްޔާއިން ވަނީ އެމީހުންގެ ދުސްތޫރީ ޙައްޤުތައް ދިފާޢު ކުރުމަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
ކެއަރ އިން ބުނިގޮތުގައި ހައްގުތައް ދިފާއުކޮށް ހައްގު ބަސްބުނުމުގައި މިވޭތިވެ ދިޔަ ތަނުގައިވެސް ކެއަރ އިން މަސައްކަތް ކޮށްފައިވާނެ ކަމަށާއި ގަވަރުނަރުގެ ނިންމުމާ ހެދި މަސއްކަތް ހުއްޓާ ނުލާނެ ކަމަށެވެ. އަދި ގަވަރުނަރުގެ މި އަމަލަކީ ބިރު ދެއްކުމަށް ޔަހޫދީ ޒަޔަނިސްޓުންނަށް ވާގިވެރިވުމަށް ކުރި ކަމެއް ކަމަށް ބުނެއެވެ.






