މުހައްމަދު ބިން ސަލްމާއަށް ޓްރަމްޕް ރައީސް ދެއްވި ޝާހީ ޖާފަތުގެ މެނިއު މީޑިއާގައި ހާމަކޮށްފިއެވެ.
- ސުޕްގެ ގޮތުގައި ސާވްކޮށްފައި ވަނީ، ބަޓާޓާ ބަރަބޯ އާއެކު ވައިލްޑް ބެރީއާ ހެޒަލްނަޓްއާއި ޗީޒް ކްރީމް އެއްކޮށްފައި ހުރި ސުޕްއެކެވެ.
- އަދި ޕިސްޓާޝިއޯއާ އެއްކޮށްފައިވާ ލޭމްޕް ޗޮޕް ސާވް ކޮށްފައި ވަނީ ކައްޓަލައާއި ބޮރޮކޮލީއާ އެކުގައެވެ. ސޯސްގެ ގޮތުގައި ސާވްކޮށްފައި ވަނީ އަންނާރާއި ލުނބޮއިން ތައްޔާރުކޮށްފައިވާ ސޯސްއެކެވެ.
- އަދި ފޮނިފަރިއްކޮޅަކަށް ތައްޔާރުކޮށްފައި ހުރީ ޗޮކްލެޓް ޕެއަރ މޫސް އެވެ. އެއާއެކު ވެނީލާ އައިސްކްރީމެވެ.
މޭޒުކޮޅުގައި ދުނިޔެމަތިން ނަން ހުސްކޮށް ވައްތަރު ވައްތަރުގެ ކަދުރު ވެސް ބަހައްޓާފައި ހުއްޓެވެ!







