ރައީސް ޑޮނަލްޑް ޓްރަމްޕަކީ މުސްލިމުން ދެކެ ނަފްރަތު ކުރާ މީހެއް ކަމަށް އެމެރިކާގެ ސެނެޓަރު ބާނީ ސޭންޑަރސް ތުހުމަތު ކުރައްވައެވެ. އަދި އޭނާ ވިދާޅުވަނީ ޓްރަމްޕް ގަޔާވަނީ، މުއްސަނދި މުސްލިމުން ދެކެ އެކަނި ކަމަސެވެ. ސޭންޑަޒް މިވާހަތައް ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ޓްރަމްޕްގެ ސަރުކާރުން ވައިޓް ހައުސްގައި ފުރިހަމަ މެހެމާންދާރީއެއް އަދާކުރުމަށްފަހުގައެވެ.
ސެނެޓަރު ސޭންޑަރސް ވިދާޅުވަނީ ޓްރަމްޕަށް މުސްލިމު މުއްސަނދިން ކަމުދަނީ ޓްރަމްޕްގެ އާއިލީ ވިޔަފާރި ފުޅާ ކުރުމަށް ބޭނުންވާތީއެވެ.
ޓްރަމްޕަކީ ޣައްޒާގެ ޖެނޮސައިޑަށް ނަތަންޔާހޫއާ ގުޅިގެން އެހީތެރިވެދިން ކަމަށް އަމިއްލައަށް އިއުތިރާފްވެފައިވާ މީހެކެވެ. އަދި އނާގެ ކުރީ ދައުރާއި މި ދައުރުގައިވެސް މުސްލިމުން އެމެރިކާއަށް ވަނުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާފައިވާ މީހެކެވެ. ސޭންޑާސް ވިދާޅުވިފަދައިން ޓްރަމްޕް އާއިލާއަށް މުސްލިމު ގައުމުތަކުން ބޮޑެތި ވިޔަފާރިތައް ލިބެއެވެ.
ޓްރަމްޕް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފާޑުކިޔާ ފައިޥާފަރާތްތަކުން ބުަނނީ އެމެރިކާއިން ވިޔަފާރިއާ ޖެހޭ ހިނދު އިންސާނީ ހައްގަށް ފަރުވާލެއް ނުބަހައްޓާ ކަމަށެވެ.






