ޓްރަމްޕް މަމްދާނީއާ ބައްދަލު ކުރަނީ

ނިއުޔޯކުގެ މޭޔަރު މުންތަޚަބް ޒަހްރާން މަމްދާނީ އާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ޕްރޮޕެގެންޑާ ކުރުމަށްފަހު ޓްރަމްޕް ވަނީ އޭނާއާ ބައްދަލު ކުރެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ. ޓްރަމްޕް މަމްދާނީއާ ބައްދަލު ކުރައްވާނީ މިއަދުގެ ވަގުތެއްގައެވެ.

އުމުރުން 34 އަހަރުގެ މަމްދާނީއަކީ ކޮމިއުނިސްޓެއްކަމަށް ބުނެ އޭނާއަށް ހުތުރު އެރުވުމަށް މަސައްކަތް ކުރުމަށްފަހުވެސް އޭނާ ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.

ޓްރަމްޕްގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ބުނެފައި ވަނީ މަމްދާނީއާއެކު ބާއްވާ ބައްދަލުވުން "ހުކުރު ދުވަހު އޯވަލް އޮފީހުގައި ބާއްވާނެ" ކަމަށެވެ. މަމްދާނީގެ ތަރުޖަމާނު ޑޯރާ ޕެކެކް ވަނީ އެ ބައްދަލުވުން އޮންނާނެކަން ކަށަވަރުކޮށްދީފަ އެވެ.

ހިއްސާ ކުރައްވާ!