ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލޭ ސިގިރެޓާއި ބަނދަރުގެ ގުދަންތަކުން ގެއްލޭ ސިގިރެޓާއި ވަގަށް އެތެރެ ކުރާ ސިގިރޭޓަށް ހައްލެއް ހޯދައިފިއެވެ. ޖޯޑަން އިން ވަނީ ގަވާއިދާ ޚިލާފަށް ޑިއުޓީ ނުދައްކައި ބޭނުން ކުރާ ސިގިރެޓް ފޮށިތައް އަތުލައި ގަތުމަށްޓަކައި ކޮންމެ ފޮށްޓެއްގައި އިލެކްޓްރޯނިކް ކިއުއާރް ކޯޑް ހިމެނޭ އިސްޓިކާއެއް ތަތް ކުރުމަށް ނިންމާފައެވެ.
ޖޯޑަންގެ މީރާގެ ހުސާމް އަބޫ އަލީ ވިދާޅުވަނީ މިގޮތަށް އަމަލު ކުރުމުން ސިގިރޭޓްގެ ވަގު ވިޔަފާރި ކުރާ މީހުން ހޯދައި ގަނެވޭނެ ކަމަށެވެ.




