ތިންވަނަ ދުނިޔޭގެ މީހުންނަށް ދެން އެމެރިކާއަކަށް ނުވަދެވޭނެ!

ތިންވަނަ ދުނިޔެއިން މީހުން އެމެރިކާއަށް ހިޖުރަކުރުން އެއްކޮށް ހުއްޓުވާނެ ކަމަށް އެމެރިކާ ރައީސް ޓްރަމްޕް ވިދާޅުވެއެވެ. ޓްރަމްޕް ކޯފާވެފައި ވަނީ އަފްޣާނިސްތާންގައި ޠާލިބާނާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ކުރަން ބޭނުން ކުރި އަފްޣާން އެޖެންޓުންގެ ތެރޭން މީހަކު ވައިޓްހައުސް ކައިރީގައި އެމރިކާ ސިފައިންގެ ދެ މީހަކަށް ބަޑި ޖެހުމުންނެވެ. މިމިހާއަކީ އެމެރިކާ ސިފައިން ކުއްލިއަކަށް އަފްޣާނިސްތާނުން ފޭބުމާ ގުޅިގެން އެމެރިކާއިން ގެނައި މީހުންގެ ތެރޭން މީހެކެވެ. ރިޕޯޓްތައް ބުޏާ ގޮތުން ބައިޑެން ސަރުކާރުން މިމީހުން ގެނަސްފައި އެމީހުން މުޖުތަމައަށް ދޫކޮށްފައި ވަނީ އެމީހުންނާއެކު އެއްބަސްވެފައިވާ ގޮތަށް ކަންތައްތައް ކޮށްދިނުމާ ޚިލާފަށެވެ. އަދި އެމީހުންނާ އަޅާ ނުލުމާއި އިމިގްރޭޝަނުން އެމީހުންނަށް އުދަގޫ ކުރުމަކީ މިމީހުން ނުވަތަ މި ހަމަލަ ދިން މީހާ ރުޅިއައިސްފައިވާ ސަބަބެވެ.

ޓްރަމްޕް ވިދާޅުވަނީ މިހާރުން ފެށިގެން އޭނާގެ ސަރުކާރުން މަސައްކަތް ކުރާނީ 19 ގައުމެއްގެ މުހާޖިރުންނަށް ދީފައިވާ ގްރީންކާޑް ސައްހަތޯ ބަލާށެވެ. އަދި ސައްހަ ނޫން ކަމަށް ފާހަގަ ވާނަމަ އެމީހުން އެމެރިކާއިން ބޭރުކޮށްލާނެ ކަމަށެވެ.

އެ 19 ގައުމުގެ ތެރޭގައި އަފްޣާނިސްތާން، ބަރުމާ، ޗާޑް، ރިޕަބްލިކް އޮފް ކޮންގޯ، އިކުއެޓޯރިއަލް ގިނީ، އެރިޓްރިއާ، ހެއިޓީ، އީރާން، ލީބިޔާ، ސޯމާލިއާ، ސޫދާން، ޔަމަން، ބުރޫންޑީ، ކިއުބާ، ލާއޯސް، ސިއެރާ ލިއޯން، ޓޯގޯ، ތުރުކްމެނިސްތާން އަދި ވެނެޒުއެލާ ހިމެނެ އެވެ.

ދޮންމީހުންގެ ބާރުވެރިކަން ގަދަ ކުރުމުގެ ސިޔާސަތެއްގެ ދަށުން ވެރިކމަށް ވަޑައިގަތް ޓްރަމްޕް ސަރުކާރުން ވަނީ އިމިގްރޭޝަންގައި ސިއްރު ފުލުހުންގެ ޔުނިޓެއް ގާއިމްކޮށް ޝައްކު ކުރެވޭ މީހުން ހޯދައި ހައްޔަރު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!