ކުވެއިތުން ރަށްވެހިކަން ނިގުޅައި ގަންނަނީ ކީއްވެ؟

އެންމެ ދުވަހެއްގައި ކުވެއިތުގެ 2،192 މީހުންގެ އަތުން އެމީހުންގެ ރައްޔިތުކަން އަތުލުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައި، އެ ނަންތައް ރަސްމީ ގެޒެޓް، 'ކުވެއިތު އަލްޔައުމް' ގައި އާންމުކޮށްފިއެވެ. މިއީ ކުވެއިތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި އެ ޤައުމުގެ ރައްޔިތުކަން ނިގުޅައި ގަތުމަށް ފަށާފައިވާ ފުޅާ ދާއިރާއެއްގެ ކެމްޕޭނުގެ ތެރެއިން އެޅި އެންމެ ފަހުގެ ފިޔަވަޅެވެ.

ކުވެއިތުގެ މިހާރު އަމީރު ވަނީ މީގެ ކުރިންވެސް އެތައް ރައްޔިތެއްގެ ރަށްވެހިކަން ނިގުޅައިގެންގެންފައެވެ، ނަމަވެސް އިއްޔެ އަކި އާދަޔާ ޚިލާފް ދުވަހެކެވެ.

އަމީރުގެ ދީވާނުން ނެރެފައިވާ 8 ޤަރާރެއްގެ މައްޗަށް ބިނާކޮށް މި ފިޔަވަޅުތައް އަޅާފައިވާއިރު، އެންމެ ގިނަ ބައެއްގެ ރައްޔިތުކަން އަތުލާފައިވަނީ ޤަރާރު ނަންބަރު 92 ގެ ދަށުންނެވެ؛ އެއީ 1،594 މީހުންނެވެ. މި ފިޔަވަޅުގެ ސަބަބުން، އެ މީހުންނާ ގުޅިފައިވާ އަދި އެމީހުންގެ އާއިލާގެ މީހުންނަށް ވެސް ވަނީ އޭގެ އަސަރުކޮށްފައެވެ.

ކުވެއިތުގެ ސަރުކާރުން ރަށްވެހިކަން ނިގުޅައި ގަންނަ ސަބަބު ރަސްމީކޮށް ހާމަނުކުރެއެވެ. ނަމަވެސް، 2025 ވަނަ އަހަރު އެކަނިވެސް ގާތްގަނޑަކަށް 50،000 މީހުންގެ ރައްޔިތުކަން ވަނީ އަމީރުގެ އިރުޝާދަށް ވަނީ ނިގުޅައިގެންފައެވެ. ސަރުކާރުން ބުނާ ގޮތުގައި ރަށްވެހިކަން މުރާޖައާ ކުރުމުގެ މި މަސައްކަތުން ޝާހީއާއިލާ ފިޔަވައި އެހެން އެއްވެސް ފަރާތެއް އިސްތިސްނާއެއް ނުވާނެއެވެ. މިހާތަނަށް ކުވެއިތުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރުންގެ ރަށްވެރިކަން ނިގުޅައިގެންފައި ވެއެވެ. އަދި ދަންނަބޭކަލުންވެސް އިޚުވާނުލްމުސްލިމޫންއަށް ނިސްބަތް ވާކަމަށް ތުހުމަތުކޮށް ރަށްވެހިކަން ނިގުޅައިގެންފައި ވެއެވެ.

ކުވެއިތުގެ ޤާނޫނު ބުނާގޮތުން، ރައްޔިތުކަން އަތުލެވޭނެ ހާލަތްތަކަކީ:

  • މަކަރާއި ހީލަތުން ނުވަތަ ދޮގު މަޢުލޫމާތު ދީގެން ރައްޔިތުކަން ހޯދުން.
  • ހުއްދަނެތި އެހެން ޤައުމެއްގެ ރައްޔިތުކަން ގެންގުޅުން.
  • ޤައުމުގެ "މަތީ މަސްލަޙަތާ" ޚިލާފު އަމަލުތައް ހިންގުން.
  • ދެވުނު ޚިދުމަތްތަކުގެ ބަދަލުގައި ދިން ރައްޔިތުކަން، މިހާރު ޤާނޫނީ ގޮތުން ގަބޫލުނުކުރެވޭ ހާލަތަށް ދިއުން.

ކުވެއިތުގެ ޖުމްލަ އާބާދީ 4.5 މިލިއަންގައި ހުރިނަމަވެސް، އެ ޤައުމުގެ އަސްލު ރައްޔިތުންނަކީ އާބާދީގެ ގާތްގަނޑަކަށް 1.5 މިލިއަން އެވެ. އެހެންކަމުން، ރައްޔިތުކަމަކީ ކުވެއިތުގައި ވަރަށް އަގުހުރި، އަދި ހިމާޔަތްކުރަން ޖެހިފައިވާ ހައްޤެއް ކަމަށް އެ އަމީރުގެ ދީވާނުން ބުނެއެވެ.

ހިއްސާ ކުރައްވާ!