މުއްދަތަކަށް ފަހު، އެމެރިކާގެ އިމިގްރޭޝަން އެޖެންސީ އައިސް އިން މިދިޔަ ދުވަސްތަކުގައި ވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ އާ ތަފާސްހިސާބުތަކެއް އާންމުކޮށްފަ އެވެ. މި ތަފާސްހިސާބުތަކުން ޓްރަމްޕްގެ ސަރުކާރުން ހިންގާ ގަނޑުކޮށް ގިނަ އަދަދެއްގެ މީހުން ގައުމުން ބޭރުކޮށްލުމުގެ ކެމްޕޭނާ ބެހޭ މުހިންމު މައުލޫމާތުތަކެއް ލިބެ އެވެ.
ތަފާސްހިސާބުތަކުގެ ޚުލާސާ:
-
މިހާރު ހައްޔަރުގައި ތިބި މީހުން: 11 ޖުލައިއާ ހަމައަށް، އެމެރިކާގެ އެކި ކަންކޮޅުތަކުގައި 65،765 މީހުން އެޖެންސީގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ. މިއީ 4 އޭޕްރީލްގައި 60،311 ގައި ހުރި އަދަދެކެވެ. ނަމަވެސް، މި އަހަރުގެ ޖެނުއަރީ 24 ގައި ރެކޯޑުކުރެވުނު 70،766 އަށްވުރެ ދަށްވެފައި ވެއެވެ.
-
މީހުން ހައްޔަރުކުރުން: ޖޫން މަހު ދުވާލަކު އެވްރެޖްކޮށް 1300 މީހުން ހައްޔަރުކުރި އެވެ. ޖުލައި މަހުގެ ފުރަތަމަ 11 ދުވަހުގެ ތެރޭގައި މި އަދަދު 1474 އަށް ވަނީ އިތުރުވެފަ އެވެ. މިއީ ޓްރަމްޕްގެ މި ދައުރުގައި މީހުން ހައްޔަރު ކުރި އެންމެ މަތީ އަދަދެވެ.
ސިޔާސަތަށް އައި ބަދަލުތައް:
ކުރިން އިމިގްރޭޝަން އެޖެންސީ ހިންގި ކްރިސްޓީ ނޯމްގެ ދުވަސްވަރަށްވުރެ، މިހާރުގެ ވެރިޔާ މާކްވައިން މުލިންގެ ދަށުން ތަންކޮޅެއް "މައިތިރި" އުކުޅުތަކެއް ގެންގުޅެއެވެ. ނަމަވެސް މީހުން ހައްޔަރުކުރުން އިތުރުވެފައިވެއެވެ. އެކަމަކު އާންމުންގެ ނުރުހުން ކުރިއަށްވުރެ ކުޑަ ވެފައި ވެއެވެ. މީހުން ހައްޔަރުކުރާ މަރުކަޒުތަކުގައި މީހުން މަރުވާ ނުވަތަ މަރާލާ މިންވަރު އިތުރުވެފައި ވެއެވެ. މިއީ އެ އެޖެންސީގެ މަސައްކަތްތުގައި އަދިވެސް ބިރުވެރިކަމެއް އޮތް ހެއްކެކެވެ.
އާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހައްޔަރުކުރާ މީހުންގެ ތެރޭގައި ގިނައީ ކުށުގެ ރެކޯޑެއް ނެތް މީހުންނެވެ. މީގެ މާނައަކީ، އެޖެންސީން ހަމައެކަނި "ނުރައްކާތެރި" މީހުންނަށް އަމާޒުކުރަނީ ނޫންކަމެވެ. އޭގެ ބަދަލުގައި، ފެންނަ ފެނުމަށް ޮން ނަސްލުގެ ނޫން މީހުން ކަމަށް ބެލެވޭ މީހުން ހައްޔަރުކުރަނީއެވެ.
މީހުން ދޫކޮށްލުމުގެ އާ ގޮތްތައް:
އާންމުކޮށް ގައުމުން ބޭރަށް މީހުން ފޮނުވާލުމުގެ ބަދަލުގައި، ކޯޓު އަމުރުތަކުގެ ދަށުން މީހުން ދޫކޮށްލާ މިންވަރު އިތުރުވެފައިވެ އެވެ. މެއި މަހު 2017 މީހަކު ކޯޓު އަމުރުގެ ދަށުން ދޫކޮށްލާފައިވެ އެވެ.
ޖެނުއަރީން ފެށިގެން މިހާތަނަށް 10،649 މީހަކު ކޯޓު އަމުރުގެ ދަށުން ދޫކޮށްފައިވެ އެވެ. މީގެ މާނައަކީ، ގިނަ މީހުން ހައްޔަރު ކުރަމުން ދަނީ ހަމައެއް ލަމައެއް ބެލުމެއް ނެތި ގާނޫނާ ޚިލާފަށް ކަމަށް ކޯޓުތަކުން ނިންމާފައިވުމެވެ.
އިތުބާރުގެ މައްސަލަ:
އިމިގްރޭޝަން އެޖެންސީން މި ތަފާސްހިސާބުތައް އާންމުކުރުމުގައި މާޒީގައި ފަސްޖެހި ފައި ވެއެވެ. އެ މައުލޫމާތުތައް ހާމަކުރަން އެޖެންސީއަށް ގާނޫނީ ގޮތުން ލާޒިމު ނުވާތީ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ސަރުކާރުން އެކަން ހާމަކުރަން ބޭނުން ނުވާތީ ކަމަށް މީޑިއާ ރިޕީޯޓްތައް ބުނެ އެވެ. މިއާއެކު ޓްރަމްޕް ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތުތަކެއް ނެތް ކަމަށްވެސް މި ރިޕޯޓުން ހާމަވެ އެވެ.







