އެމެރިކާގެ އޮފް ކެނޑިއްޖެ

"ހެންލީ ޕާސްޕޯޓް އިންޑެކްސް" އިން އެންމެ ފަހުން ނެރުނު ރިޕޯޓަކުން ދައްކާގޮތުގައި، އެމެރިކާގެ ޕާސްޕޯޓުގެ ބާރު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްވެފައެވެ. އެގޮތުން، 20 އަހަރު ކުރިން 2006 ވަނަ އަހަރު ތާވަލުގެ އެންމެ ކުރީގައި އޮތް އެމެރިކާ ޕާސްޕޯޓު، 2026 ވަނަ އަހަރު ވަނީ ދުނިޔޭގެ 10 ވަނައަށް ވެއްޓިފައެވެ.

އެމެރިކާގެ ނިއުސްވީކް މަޖައްލާއިން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ކޮންމެ ޕާސްޕޯޓެއްގެވެސް ބާރު ވަޒަންކުރެވެނީ ކުރިން ވިސާ ނެގުމަކާ ނުލައި ނުވަތަ އެތެރެވާ ގަޑީގައި ވިސާ ލިބޭގޮތަށް، އެ ޕާސްޕޯޓެއްގެ ވެރިފަރާތަށް ދެވޭ ގައުމުތަކުގެ އަދަދަށް ބަލައިގެންނެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، އެމެރިކާގެ ރައްޔިތުންނަށް އަދިވެސް ކުރިން ވިސާ ނެގުމަކާ ނުލައި 179 ގައުމަކާއި ސަރަހައްދަކަށް (ދުނިޔޭގެ ގައުމުތަކުގެ ގާތްގަނޑަކަށް 92 އިންސައްތައަށް) ދެވެއެވެ. ނަމަވެސް، އެހެން ގިނަ ގައުމުތަކަކުން މިހާރު ވަނީ އެމެރިކާއަށްވުރެ ބޮޑަށް އެ ގައުމުތަކުގެ ރައްޔިތުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުފަތުރުކުރުމުގެ ފުޅާ ފުރުސަތުތަކެއް ހޯދައިދީފައެވެ. އަދި އެމެރިކާ އަކީ މިހާރު އެންމެ މީހުން ދާން ބޭނުންވާ މަގްބޫލު ގައުމެއްވެސް މޫނެވެ.

ހިއްސާ ކުރައްވާ!