ސައުދީ އަރަބިއްޔާއާއި އެމެރިކާއިން އިރާގަށް ބޮން އަޅައިފި

ސައުދީގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް އިރާގްގައި ތިބޭ އީރާނަށް ތާއީދު ކުރާ ހަނގުރާމަވެރިން ދިން ހަމަލާތަކާ ގުޅިގެން އެ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް އެމެރިކާއާ ގުޅިގެން ބޮން އަޅާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ސައުދީގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލްމާލިކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، "ސައުދީގެ އިރުމަތީ ސަރަހައްދާއި ރިޔާޟްގެ ތެޔޮ މަރުކަޒުތަކަށް އަމާޒުކޮށް އިރާގުން ފޮނުވާލި ގިނަ އަދަދެއްގެ ޑްރޯންތައް ދިފާއީ ނިޒާމުން ވައްޓާލާފައިވާ ކަމަށެވެ. އަދި މި ޓެރަރިސްޓް ހަމަލާތައް ފޮނުވާފައި ވަނީ އިރާގުގެ ބިމުން ކަމަށާއި، މި ހަމަލާތައް ދީފައި ވަނީ އީރާނަށް ތާއީދުކުރާ ޓެރަރިސްޓް ޖަމާއަތްތަކުން ކަމަށެވެ. އަދި އަމިއްލަ ނަފްސާއި ގައުމުގެ މުދަލާއި ވަސީލަތްތައް ދިފާއު ކުރުމުގެ ހައްގު ސައުދީއަށް ލިބިގެންވާ ކަމަށާއި، އެކަށީގެންވާ ވަގުތެއްގައި އަދި އެކަށީގެންވާ ތަނެއްގައި ރައްދު ދިނުމުގެ ހައްގު ސައުދީން ދަމަހައްޓާނެ" ކަމަށެވެ.

ހިއްސާ ކުރައްވާ!