ޓްރަމްޕަށް ސައޫދީ ވަލީ އަހުދުގެ ވާހަކައާ ދެކޮޅު ހަދާކަށް ނުކެރުނު!

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ފަސްކުރަން ރައީސް ޑޮނަލްޑް ޓްރަމްޕަށް މަޖުބޫރުވީ ސައުދީ ވަލީއަހުދު އަމީރު މުހައްމަދު ބިން ސަލްމާން އެކަމާ ދެކޮޅަށް އެމެރިކާއަށް ފިއްތުންތައް ފިއްތުމުންނެވެ.

އެމެރިކާގެ ސީބީއެސް ނެޓްވޯކުން ރިޕޯޓްކުރާ ގޮތުގައި، ސައުދީ ވަލީއަހުދު ވަނީ ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާ ގުޅުއްވައި، ގަލްފް ސަރަހައްދުގެ ގައުމުތައް ހަލާކު ކުރުމަށް ފުރުސަތު ނުދެއްވުމަށާއި ކެތްތެރިކަން އިސްކުރުމަށް ބާރުއަޅުއްވައިފައެވެ. އަދި އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތަކެއް ފެށުމުން އެކަމުގެ ސީދާ ގެއްލުން ލިބޭ ފަރާތަކީ އެމެރިކާ ނޫން ކަމަށާއި އެކަމުން ގެއްލުން ވަނީ އަރަބި ގައުމުތަކަށް ކަމަށް ވިދާޅުވެފައެވެ.

ސީބީއެސް ނެޓްވޯކުގެ މަސްދަރަކުން ކަށަވަރުކޮށްދިން ގޮތުގައި، މުހައްމަދު ބިން ސަލްމާނާއި ޓްރަމްޕްގެ ފޯނު ކޯލުގައި އީރާނަށް އެމެރިކާއިން ދޭން އުޅުނު ހަމަލަ ފިފަވައި އެހެން އިތުރު އެއްވެސް ވާހަކައެއް މުހައްމަދު ބިން ސަލްމާން ދައްކަވާފައެއް ނުވެއެވެ.

އަދި އީރާނުގެ އުމްރާނީ ތަރައްޤީގެ ބިންގާތަކަށް އެމެރިކާއިން ހަމަލަ ދީފިނަމަ އެކަމުގެ އަސަރު އަރަބި ގައުމުތަކުގެ އުމްރާނީ ވަސީލަތްތަކަށް ސީދާގޮތަށް ކުރާނެ ކަންވެސް އޭނާ ތްރަމްޕަށް ވިސްނަވައި ދެއްވިއެވެ.

އޭގެ ފަހުން ޓްރަމްޕް ވަނީ "ޓްރޫތް ސޯޝަލް" ޕްލެޓްފޯމް މެދުވެރިކޮށް އީރާނަށް ދޭން އުޅުނު ހަމަލާ ފަސްކުރިކަން އިއުލާނު ކުރައްވައިފައެވެ. އަދި އެކަމުގެ ބަހަނާއަކަށް ޓްރަމްޕް ވިދާޅުވ "ތެހެރާނާއި ސަރަޙައްދުގެ އެހެން ޤައުމުތަކުން އެދިވަޑައިގަތުމުގެ މަތިން" އެކަން ފަސްކޮށްލީ ކަމަށެވެ.

ހިއްސާ ކުރައްވާ!