މޮދީގެ ބައްދަލުވުމަކާ ދިމާކޮށް ވަގު އައިޑީއާއި ހަތިޔާރާއެކު ދެ މީހުން ހައްޔަރުކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މުންބާއީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތާ ދިމާކޮށް، ބޮޑުވަޒީރުގެ އޮފީސްގެ ނަމުގައި ވަގު އައިޑީ ކާޑެއް ހިފައިގެން ހަތިޔާރަކާއެކު ހަރަކާތްތެރިވި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.މި ހާދިސާއާ ގުޅިގެން ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައި ވެއެވެ. މޯދީ މުންބާއީއަށް ވަޑައި ގަންނަވަނީ، އެންއެމްއޭސީސީގައި ބާއްވާ ގްލޯބަލް ފިންޓެކް ފެސްޓް (ޖީއެފްއެފް) ރަސްމިއްޔާތު އިފްތިތާޙުކޮށްދެއްވުމަށެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މުންބާއީގެ ބާންދުރާ ކުރުލާ ކޮމްޕްލެކްސްގައި ހުންނަ ނީތާ މުކޭޝް އަންބާނީ ކަލްޗަރަލް ސެންޓަރު (އެންއެމްއޭސީސީ) ގައި ބޮޑުވަޒީރު މޯދީ ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތު ބާއްވާ ސަރަޙައްދުގައި މީހަކު ޝައްކު އުފެދޭ ގޮތަކަށް އުޅޭކަމަށް ފާހަގަކުރެވުނެވެ. އެއަށްފަހު ފުލުހުން ވަނީ އެ މީހާއާއި އޭނާގެ ބޮޑީގާޑު ހައްޔަރުކޮށްފައެވެ. އޭގެތެރެއިން އެކެއްގެ އަތުން ބަޑިއެއް ފެނިފައިވާ ކަމަށް ބުނެއެވެ.

ފުލުހުން ބުނިގޮތުގައި ހައްޔަރުކުރީ 24 އަހަރުގެ ރޯހަން ޕަރޭޚް ކިޔާ މީހެކެވެ،. އޭނާ އަމިއްލައަށް ތަޢާރަފުވީ ބޮޑު ވަޒީރު އޮފީހުގެ އޮފިޝަލެއްގެ ގޮތުގައެވެ. ނަމަވެސް ފުލުހުން ބެލިބެލުމުން އޭނާ ގެންގުޅުނީ ބޮޑު ވަޒީރު އޮފީހުގެ ވަގި އައިޑީއެއްކަން ވަނީ ހާމަވެފައެވެ.

މި މައްސަލައާ ގުޅިގެން މުންބާއީ ފުލުހުންގެ ކްރައިމް ބްރާން،ޗުން މިހާރު ދަނީ މި ދެ މީހުން ހަތިޔާރާއި ސައްހޫ ނޫން އައިޑީ ކާޑު ހިފައިގެން އެ ސަރަޙައްދަށް ވަންނަން އުޅުނު ސަބަބު ދެނެގަތުމަށް އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

މި އަހަރުގެ ޖީއެފްއެފް ބައްދަލުވުމަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ފިންޓެކް ކޮންފަރެންސް އެވެ. މިއީ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސެކެވެ.

ހިއްސާ ކުރައްވާ!