ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.5 މިލިއަނަށް އަރައިފި

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު މުހިންމު ކުރިއެރުމަކާއެކު، ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.5 މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމުލަ 1.52 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރު އަދަދެއް ނަމަވެސް، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި ޢަދަދަށްވުރެ 3.6 ޕަސެންޓް ދަށް ޢަދަދެކެވެ. މި އަހަރު ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެ ޤައުމުން މި އަހަރުގެ މިހާތަނަށް 278،605 ޓޫރިސްޓުން އައިސްފައިވެއެވެ. ދެވަނައިގައި އޮތް ރަޝިޔާއިން 217،889 ޓޫރިސްޓުން އައިސްފައިވާ އިރު، ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 114،735 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. މީގެއިތުރުން ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ގަދަ ފަހެއްގައި ދެން ހިމެނެނީ އިޓަލީއާއި ޖަރުމަނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރު އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ މަހުއެވެ. އެ މަހު އެކަނިވެސް 254،556 ޓޫރިސްޓުން އައިސްފައިވެއެވެ.

މިހާރު ރާއްޖޭގައި ޖުމުލަ 67,756 އެނދު އޮޕަރޭޝަންގައި އެބަހުއްޓެވެ.

ހިއްސާ ކުރައްވާ!