އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ދެމިގެންދާ ދަނޑިވަޅެއްގައި، އެމެރިކާއިން އިޚްތިޔާރުކުރީ "ޢުދުންވާނީ ޢަމަލުތަކާއި، އިންޒާރުތަކާއި، އަދި އިޤްތިޞާދީ ހަނގުރާމަ" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢަރާޤްޗީ ތުހުމަތުކުރައްވައިފިއެވެ. އަދި "އިތުބާރުހުރި ޔަގީން ކަމެއް" ލިބޭނަމަ މަޝްވަރާކުރުމަށް އީރާން ތައްޔާރަށް އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާމީ އަޚުންގެެ ޖަމުއިއްޔާ ޖަމްޢިއްޔާ (އޯ.އައި.ސީ) ގެ ޚާރިޖީ ވަޒީރުންގެ ޖަލްސާގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޢަރާޤްޗީ ވިދާޅުވީ، "އެމެރިކާއިން އިޚްތިޔާރުކުރީ އުދުވާނުގެ މަގެވެ: އެ މަގަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އަދި އދގެ ޗާޓަރުގެ މާއްދާތަކަށް ފާޅުކަންބޮޑު ގޮތެއްގައި ޚިލާފްވެ، ޢުދުންވާނީ ޢަމަލުތަކާއި، އިންޒާރުދިނުމާއި، މީހުން އަވަހާރަކޮށްލުމާއި އަދި އިޤްތިޞާދީ ހަނގުރާމައިގެ މަގެވެ."
އަރާގްޗީ އިތުރަށް ވިދާޅުވީ، އީރާނަކީ މަޖުބޫރުކުރުވުމާއި، އިންޒާރުދިނުމާއި، ނުވަތަ ބިރުދެއްކުން ޤަބޫލެއް ނުކުރާނެ، ގައުމމެއް ނޫން ކަމަށެވެ. އަދި "މަޖުބޫރުކޮށްގެން އީރާނުގެ ސިޔާދަތީ ޙައްޤުތަކެއް ތެހެރާނުން ދޫކޮށެއް ނުލާނެ… ނަމަވެސް އިތުބާރުހުރި ޔަގީން ކަމާއެކު، ދެފަރާތުގެ އިޙްތިރާމްގެ މައްޗަށް ބިނާކޮށް މަޝްވަރާކުރަން އަދިވެސް ތެހެރާން އޮތީ ތައްޔާރަށް،" ކަމަށް ވިދާޅުވިއެވެ.
އިރްނާ އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޯ.އައި.ސީ ބައްދަލުވުމުގެ ހަވާސާގައި ޢަރާޤްޗީ ވަނީ ޢިރާޤުގެ ބޮޑުވަޒީރު ޢަލީ އައްޒައިދީއާވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި އެމެރިކާއިން ސުލްހައިގެ މަޝްވަރާތަކަށް "ތަކުރާރުކޮށް ހުރަސްއަޅާ" ކަމަށް ތުހުމަތުކުރެއްވިއެވެ.
އީރާނުގެ ރައީސް މަސްޢޫދު ފިޒުކިޔާންވެސް ވަނީ، "ޢުދުންވާނީ ޤައުމުތަކުގެ ގޯސް ޢަމަލުތަކަށް" ތޭހެރާނުން ދީލައި ނުލާނެ ކަމަށް ވިދާޅުވެފައެވެ.
އޭގެ ކުރިން، އީރާނުގެ ނައިބު ޚާރިޖީ ވަޒީރު ސަޢީދު ޚަތީބުޒާދާ ވަނީ ގަލްފްގެ ސަރަޙައްދުގައި ދެމެހެއްޓެނިވި ސުލްހައެއް ޤާއިމުކުރުމަށްޓަކައި އެންމެހައި ފްރަންޓްތަކެއްގައި ހަމަނުޖެހުންތައް ހުއްޓާލުން މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެއްވެސް ސަރަޙައްދެއްގައި ހަނގުރާމަ ދެމިގެންދާނަމަ، އޭގެ ސަބަބުން މުޅި ސަރަޙައްދީ ހަނގުރާމަ ދިގުދެމިގެންދާނެ ކަމުގެ އިންޒާރު ދެއްވިއެވެ.
އިރްނާ އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުން ލުބުނާން އާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާން ސާބިތުކަމާއެކު ދެމިއޮތް ކަމަށާއި، މި އަހަރުގެ ޖޫން މަހުގެ މެދުތެރޭގައި އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އިސްލާމްއާބާދު ފަހުމުނާމާގައި އެ މަޤްޞަދު ކަށަވަރުކޮށްފައިވާ ކަމަށް ޚަތީބުޒާދާ ވިދާޅުވިއެވެ. އަދި ލުބުނާންގެ މައްސަލައަކީ އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާކުރެވުނު މުހިންމު އެއް މައްސަލަ ކަމަށާއި، ބެއިރޫތަށް ކުރެއްވި ޒިޔާރަތުގައި ދެފަރާތުގެ ޚިޔާލުތައް އެއް ގޮތް ކުރުމަށް މަސައްކަތްކުރެއްވި ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އީރާނުގެ ދިފާޢީ ވަޒީރުގެ މަޤާމަށް މެހްރްދާދު އަޚްލާޤީ ކިތާބްޗީ އައްޔަންކުރުމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.



