އިސްރާއީލުގައި ބޭއްވި 26 ވަނަ ކްނެސެޓް ޤާނޫނުހަދާ މަޖިލީސްގެ އިންތިޚާބަށްފަހު، އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް 'ޔަޝާރް' ޕާޓީގެ ލީޑަރު ގާޑީ އައިޒެންކޮޓްއާ މާދަމާ ޔަހޫދީ ބޭފުޅުންގެ ރައީސް އިސްޙާޤް ހެރްޒޯގް ހަވާލު ކުރާނެއެވެ.
ރައީސް ހެރްޒޯގް ވަނީ ޤާނޫނުހަދާ މަޖިލީހުގެ 120 މެންބަރުންގެ ތެރެއިން 67 މެންބަރުންގެ ތާއީދު އައިޒެންކޮޓްއަށް ލިބިފައިވާ ކަމަށް ބުނެފައެވެ.
ރައީސް ހެރްޒޯގް ސިޔާސީ ޕާޓީތަކާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު ބުނީ އައިޒެންކޮޓްއަށް 67 މެންބަރުންގެ ތާއީދު ލިބިފައިވާ ކަމަށެވެ.
ޔަހޫދީންގެ މިހާރުގެ ބޮޑުވަޒީރު ހަނގުރާމައިގެ މޭސްތިރި ނަތަންޔާހޫއަށް ލިބިފައި ވަނީ އެންމެ 46 މެންބަރުންގެ ތާއީދެވެ.
ނަތަންޔާހޫއާ ދެކޮޅު ފެކްޝަންތަކުގެ ތެރޭގައި ޔަހޫދީންގެ 4 ޕާޓީއެއްގެ 48 މެންބަރުންނާއި، އަރަބި 2 ޕާޓީއެއްގެ 19 މެންބަރުން ހިމެނެއެވެ.
އަނެއްކޮޅުން، ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ "ޔުނައިޓެޑް ތޯރާ ޖުޑާއިޒްމް" (ޔޫޓީޖޭ) އިން ވެސް ވަނީ ނަތަންޔާހޫއަށް ތާއީދުކުރުމަށް އިންކާރުކޮށްފައެވެ.
އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓުކުރި ގޮތުގައި، 'ޔިސްރާއިލް ބޭތެނާ' ޕާޓީގެ ލީޑަރު އަވިގްދޯރް ލިބަރްމަން ވަނީ ނަތަންޔާހޫ ވެރިކަމުން ދުރުކުރުމަށްޓަކައި ޔަހުދީ އުސޫލީ ދީނީ ޕާޓީތކާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.
ނަތަންޔާހޫއަށް މަގާމު ގެއްލިއްޖެނަމަ އޭނާއަށް ކުރިމަތިވާން ގޮންޖެހުންތައް ގިނައެވެ. އޭނާގެ އެތައް ކޮރަޕްޝަންގެ މައްސަލައެއް މިހާރުވެސް ކޯޓުގައި ހިނގަމުން ދެއެވެ.




