ބްލޮގް: ހަނިއްޔާ ޝަހީދު ކުރުމަށްފަހު…

23:00

“އެތައް ހާސް މީހުން ގެދޮރު ދޫކޮށްފައިވާ ހަމާމާ ސްކޫލަށް ދިން ހަނގުރާމައިގެ ޖަރީމާގެ ހަމަލާއަކީ ނަސްލު ނައްތާލުމުގެ އަނިޔާވެރި ހަނގުރާމައިގެ އިތުރު ބޮޅެއް،” ހަމާސް ޖަމާއަތުން ނެރުނު ބަޔާނުގައި ބުންޏެވެ. “ގަދަ ބާރުން ބިން ހިފާފައިވާ ޒަޔަނިސްޓް ސިފައިން އޮޅުވާލައި ދޮގު ހަދަމުން ދަނީ ދަނީ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ބޯހިޔާވަހިކަމެއްނެތް މީހުންނަށް ހިޔާވަހިކަން ދޭ މަދަނީ ތަންތަންވެސް  އަސްކަރީ އަމާޒުފަތްގަނޑު ކަމަށ ް ހަދައިގެން” ހަމާސްއިން ބުންޏެވެ.


23:00

އިޒްރާއީލުގެ ސިފައިން މިއަދު ދެ ފަހަރެއްގެ މަތިން ޣައްޒާ ސިޓީގެ ޝެއިޚް ރަޟުވާން ސަރަހައްދުގައި ރެފިއުޖީން ދިރިއުޅޭ ހަމާމާ ސްކޫލަށް ބޮންއަލައި ފަލަސްތީނުގެ 10 މީހަކު ޗަހީދުކޮށްލިއެވެ.


20:00

މިދިޔަ 70 އަހަރުގެ ތެރޭގައި އިޒްރޭލު މީހުން ފައިބައިގެން ނުދާހައި ގިނައިން، ޙިޒްބުﷲގެ ޙަމަލަތަކުގެ ސަބަބުން މީހުން ބޭރުވެފައި ވޭ: ފައިނޭންޝަލް ޓައިމްސް


18:00

“ނަތަންޔާހޫއަކީ އެންމެ ގާބިލު ބޮޑު ވަޒީރު ކަމާ މެދު ސުއާލު އުފެދޭ. ނަމަވެސް އޭނާއަކީ އެންމެ ކޮރަޕްޓް އެންމެ ފޫހި ބޮޑު ވަޒީރު” ހާރެޓްސް ނޫހުގައި ލިޔުނު މަޒްމޫނެއްގައި އިޒްރޭލުގެ މުއައްރިޚް ބެނީ މޮރިސް


18:00

އިޒްރޭލުގެ ވެރިން ތިބީ އެލާޓްގައެވެ. އީރާނުން އަންނަ ހަމަލައެއްގައި މުވާސަލާތީ ލައިންތަކަށާއި ތެޔޮ ރައްކާ ކުރާ ތަންތަނަށް ހަމަލަ ދޭނެ ކަމަށް ބަލާފައިވެއެވެ. ޒަޔަނިސްޓުން ވަނީ މައި ހޮސްޕިޓަލްތަކަށް ތެލާއި ކަރަންޓް އުފައްދާ ޖަނަރޭޓަރުތައް ފޮނުވައިފައެވެ. އަދި ކާރު ޕާކުކުރާ ބޮޑެތި ސަރަހައްދުތަކުގައި ވަގުތީ ހަސްފަތާލުތައް ހެދުމަށް ބޭނުންވާ ތައްޔާރީތައް ބަހައްޓާފައެވެ. (އިޒްރޭލްގެ މާރިވް ނޫސް)


17:57

ފަލަސްތީނު މީހުން ފެނަށް ޖެހިފައި. އދން ބުނާ ގޮތުގައި ޣައްޒާއިން ބޭރުކޮށްފައިވާ ކޭމްޕްތަކުގައި ދިރިއުޅޭ ފަލަސްޠީނު މީހުން ދުވާލެއްގެ މައްޗަށް ބޭނުން ކުރަނީ އެމީހުންނަށް ބޭނުންވާ ފެނުގެ ހަތަރުބައިކުޅަ އެއް ބައި ކަމަށެވެ. ހަސްފަތާލުތަކަށް ބޮން އަލައި ހަލާކުކޮށްލާފައި ވުމުގެ ސަބބުން އުތުރު ޣައްޒާގައި މަސައްކަތް ކުރަނީ އަލްޢައުދާ ހޮސްޕިތަލް އެކަންނެވެ.


17:48

އިޒްރޭލުގެ ސަލާމަތީ ކެބިނެޓްގައި ޒުވާބު ހިނގާފައިވާ ކަމަށް، ސަރުކާރު ޓީވީ ކޭން އިން ޔަގީން ކޮށްދީފިއެވެ. ނަތަންޔާހޫ ބުނެފައި ވަނީ ކޮންމެ ވަގުތެއްގައިވެސް ދިފާއީ ވަޒީރު ބޭރުކޮށްލަން ޖެހިދާނެ ކަމަށެވެ. އަދި އެއާއެކު ސިފައިންގެ ޗީފް އޮފް ސްޓާފާއި ޝިންބެޓްގެ ވެރިޔާވެސް މަގާމުން ދުރުކުރުމަށް ނަތަންޔާހޫ ބޭނުން ވެއެވެ. މި ފަރާތްތަކަކީ ނަތަންޔާހޫ އަސީރުންގެ މައްސަލަ ހައްލު ކުރުމުގައި ދިގުދަންނަމާތީ މައްސަލަ ޖައްސާ ފަރާތްތަކެވެ.


3 ޤަތުލުއާންމު އަދި 31 ޝަހީދުން 61 މީހުން ޒަޚަމް ކޮށްލައިފި: 24 ގަޑިއިރު ތެރޭގައި ޒަޔަނިސްޓުން ހިންގި ޤަތުލުއާންމާ ބެހޭ ގޮތުން ޣައްޒާގެ ހެލްތު މިނިސްޓްރީން

5:39

ޒަޔަނިސްޓުންގެ އެމްބިއުލޭންސް ޓީމުތަކުން ދަނީ ފުރިހަމަ ހަނގުރާމައެއްގައި ހަރަކާތްތެރިވާނެ ގޮތްގޮތުގެ ތަމްރީނުތައް ހަދައި ފަރިތަކުރަމުން: ނިއުޔޯކް ޓައިމްސް

5:29

އިޒްރޭލުގެ އަސީރުން މިނިވަން ކުރުމަށް ބާއްވާ މަޝްވަރާތައް އިޒްރޭލު ބޮޑު ވަޒީރު ނާކާމިޔާބު ކޮށްލައިފިނަމަ އޭނާ ބޭޒާރުކޮށްލުމަށް، އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރ ޔާއީރް ގޯލާން އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ ވެރިންގެ ކިބައިން އެދިއްޖެއެވެ.

“މިއީ އިސްރާއީލުގެ ރައްޔިތުން އަމާނާތްތެރިކަމާއެކު ތަމްސީލުކުރި މީހުންގެ ގޮތުގައި ނުވަތަ ރައްޔިތުންގެ އެއްވެސް އިތުބާރެއް ނެތް ބޮޑުވަޒީރަކަށް ހުރެގެން ރަހީނުކުރި މީހުން ދޫކޮށްފައި އިޒްރޭލު ފަނާކުރަން ދޫކޮށްލަން ހުއްދަ ދިން މީހެއްގެ ގޮތުގައި (ނަތަންޔާހޫ) ތާރީހުގެ ފޮތްތަކަށް ވަންނަ ވަގުތު،” ގޯލާން ބުނި މަމަށް އިޒްރޭލު ނޫސްތަކުން ބުންޏެވެ.


4:48

ޖޯން ބޯލްޓަން (ކުރީގެ ރައީސް ޓްރަމްޕްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު) ވިދާޅުވަނީ އީރާނުން ބަދަލު ހިފުމަށް އިޒްރޭލަށް ދޭ ހަމަލާ ހަރުކަށިވެފައި ވަރުގަދަ ވާނެ ކަމަށެވެ.


ޒަޔަނިސްޓުންގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ އަސީރުންގެ ހަނދާނުގައި ޣައްޒާގައި މީހުން ހިނގާލުމެއް ބާއްވައިފި


4:36

އީރާނުގެ ރެވަރޫޝަންރީ ގާޑުން ބުނާ ގޮތުގައި ޝަހީދު ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އެމެރިކާގެ އެހީތެރިކަމާއެކު އިޒްރޭލުން ދިން ހަމަލައަކުންނެވެ. ޙަމަލަ ދީފައި ވަނީ 7 ކިލޯގެ ގޮވާތަކެތި ހަރިކޮށްފައިވާ ދުރުން ފޮނުވާލި ރޮކެޓަކުންނެވެ. އަދި އެއަށްފަހު ކޮޓަރީގެ ބޭރުންވެސް ބާރުގަދަ ގޮއްވުންތައް ގޮއްވާފައި ވާކަމަށެވެ. އަދި މުނާސިބު ގޮތަކަށް ތެހެރާނުން ބަދަލު ހިފާނެ ކަމަށްވެސް ބުންޏެވެ.


4:30

އިޒްރޭލުގެ ޖާސޫސީ އިދާރާތައް ކަމަށްވާ ޝިންބެޓްއާއި މޮސާޑްގެ ވެރިން މިއަދު މިސްރަށް ހިނގައްޖެއެވެ. ޤާހިރާގައި ބާއްވާ މަޝްވަރާތަކުގައި ހަމަލަތައް ހުއްޓާލުމާއި ހަނގުރާމައިގެ އަސީރުން މިނިވަން ކުރުމަށް ވާހަކަ ދައްކާނެ ކަމަށް ބެލެވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ދަތުރުގެ ކުރިން ބާއްވާފައިވާ ބައްދަލުވުމުގައި ޒަޔަނިސްޓް ބޮޑު ވަޒީރު ނަތަންޔާހޫއާއި މި އެޖެންސީތަކުގެ ވެރިންގެ ދެމެދު ވަރުގަދަ ޒުވާބެއް ހިނގާފައި ވެއެވެ. އެމީހުން ދެކޭ ގޮތުގައި ސަރުކާރުން ހަމަލަތައް ހުއްޓާލުމަށާއި އަސީރުން މިނިވަން ކުރުމަށް ސީރިއަސް އެއް ނޫނެވެ.


4:12

ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފީދާން މިސްރަށް ދެދުވަހުގެ ދަތުރުފުޅެއްގައި ވަޑައިގަންނަވަނީ. އޭނާގެ ދަތުރުފުޅަކީ މިސްރުގެ ޚާރިޖީ ވަޒީރު ޢަބްދުލް ޢާޠީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ބެލެވޭ ގޮތުގައި މިސްރުގެ މަގްސަދަކީ އިޒްރޭލުން ދޭ ޙަމަލައެއްގެ ރައްދުގައި ތުރުކީ ބައިވެރިވޭތޯ ބެލުމާއި ތުރުކީން ސުލްހައަށް ބާރުއެޅުމަށް ވާހަކަ ދެއްކުމެވެ. (އަނާޟޯލް ނޫސް އެޖެންސީ)


4:12 

ބެއިރޫތުގައި ހުންނަ ސުއިޑްންގެ އެމްބަސީ ބަންދުކޮށް ސައިޕްރަސްއަށް އެމްބަސީ ސްޓާފުން ބަދަލުކުރުމަށް އެޤައުމުން ނިންމައިފި


4:12

އދގައި ހުންނަ އީރާނުގެ މިޝަންގެ މަސްއޫލުވެރިން ވިދާޅުވަނީ: ޙިޒްބުﷲއިން ޙަމަލަ ދޭއިރު އިޒްރޭލުގެ ފުނަށް ހަމަލަ ދޭނެ ކަމަށެވެ. އަދި އެ ހަމަލަތައް ޚާއްސަ ކުރާނީ ހަމައެކަނި އަސްކަރީ މަރުތަކަކަށް އެކަންޏެއް ނޫނެވެ. (އިރްނާ ނޫސްއެޖެންސީ)


4:00

ޒަޔަނިސްޓު ނިޒާމުން ވަރުގަދަ ހަމަލަތަކަކާއި ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމަށް އަންޞާރުﷲ ޖަމާޢަތުގެ ލީޑަރު ހާޒިމުލް އަސަދު ވިދާޅުވެއެވެ.


4:00

އިޒްރޭލުން ޣައްޒާ ސުންނާފަތިކޮށްފާ މަންޒަރު ދިރާސާ ކުރުމަށްފަހު، އދގެ ސެޓެލައިޓް ސެންޓަރއިން ބުނާ ގޮތުގައި ޒަޔަނިސްޓުން ގައްޒާއަށް ދީފައިވާ ގެއްލުމަކީ މީގެ ކުރީގެ ހަނގުރާމަތަކުގައި ފެނިފައި ނުވާފަދަ ގެއްލުމެކެވެ. ގައްޒާގެ ކޮންމެ އަކަ މީޓަރެއްގައި 114 ކިލޯގެ ސިމެންތި ގަލާއި ދަނގަނޑުފަދަ ސާމާނުތައް އެބަހުރި ކަމަށް ބުނެއެވެ. އަދި ޒަޔަނިސްޓުން ވަނީ އެއްލައްކަ 52 ހާސް ގެ ހަލާކު ކޮށްލާފައެވެ. އެއިން 42 މިލިއަން މެޓްރިކް ޓަނުގެ ކުނިބުނި އުފެދިފައި ވެއެވެ.


3.52

އަހަންނަށް ދުވާލަކު 13 ފަހަރު އަނިޔާ ކުރަމުން ދިޔަ

އިސްރާއީލުގެ ނަންހުތުރު ސްޑޭ ޓައިމަން ޑިޓެންޝަން ސެންޓަރުގައި 52 ދުވަހަށް ބަންދުކޮށްފައި ހުރި ފަލަސްތީނުގެ މީހަކު ބުނެފައި ވަނީ އޭނާ އެތާ ހޭދަކުރި 32 ދުވަހުގެ ތެރޭގައި ކޮންމެ ދުވާލަކު 13 ފަހަރު އަނިޔާ ކުރާ ކަމަށެވެ.

ކުރީގެ އަސީރު އިބްރާހިމް ޢާތިފް ސަލީމް ބުނީ “އެތާ ތިބޭ ޒަޔަނިސްޓު ޖަނަވާރުންނަކީ ރަޙްމަތެއް، އެއްވެސް އޯގާތެރިކަމެއް ނެތް ބައެއް” ކަމަށެވެ.

ބައެއް ފަހަރަށް ކަރަންޓު ޖައްސަން “ކަރަންޓު ގޮނޑިއެއް” ގައި ބައިންދާ ކަމަށްވެސް ބުންޏެވެ. އަދި ޖާސޫސީ އިދާރާތަކުން އަބަދު އައިސް އޭނާއާ ސުވާލުކުރާ ކަމަށް ވެސް ބުންޏެވެ.

ސާފުތާހިރުކަން ކުޑަ ވުމުން އެޖަލުގައި އުޅޭ މީހުންގެ ގައިންގަޔަށް ބަލިއަރައި ހަމުގެ މައްސަލަތައްވެސް ދިމާވެފައިވާ ކަމަށް އޭނާ ބުންޏެވެ.


3.40:

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޠޫލްކަރަމްގައި ކާރަކަށް ދިން ވައިގެ ހަމަލާއެއްގައި ޙަމާސްގެ އަސްކަރީ ވިންގުގެ ސަރަހައްދީ ކޮމާންޑަރަކާއި އިތުރު ފަސް މީހަކު ޒަޔަނިސްޓުން ދިން ހަމަލާއެއްގައި ޝަހީދުކޮށްފިއެވެ.

އެހީދޭ ފަރާތްތަކުން މިއަދު ބުނީ ޝަހީދުވި މީހުންގެ ތެރޭން އެކަކީ ނާބްލުސް ސަރަހައްދުގައި ހުންނަ ގައްސާމް ބްރިގޭޑްގެ ލީޑަރު ހައިތަމް ބަލީދީ އެވެ.

12.15

އީރާނުގެ ޚާއްޞަ މެހުމާނެއްގެ ސަލާމަތީކަންކަން ދޯހަޅިކޮށް ދިޔަ މައްސަލައެއް ބަލަން ފަށައި ބަޔަކު ހައްޔަރުކޮށްފިއެވެ. އިސްމާޢީލު ހަނިއްޔާ، އީރާނުގައި ޝަހީދު ކޮށްލި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސިފައިންގެ ބަޔަކާއި ޖާސޫސީ އިދާރާގެ ބަޔަކާއި ޝަހީދު ހުންނެވި ސިފައިންގެ ގެސްޓްހައުސްގެ މުވައްޒަފުންނެވެ.

ހަނިއްޔާ ޝަހީދުކޮށްލި މައްސަލާގައި އީރާނުގެ ސަލާމަތީ ހާލަތާ މެދު ސުއާލު އުފެދި، އީރާނުގެ އަގުވެއްޓިފައި ވެއެވެ.

ހަނިއްޔާ އަވަހާރަކޮށްލި ހަމަލާދީފައި ވަނީ ކޮޓަރީގައި ދެމަސްކުރިން ބޭއްވި ބޮމަކުން ކަމަށް ބުނެ ނިއުޔޯކް ޓައިމްސް އިން ވަނީ ވާހަކަ ފަތުރާފައެވެ. ނަމަވެސް އެ ވާހަކަ ރިޕޯޓުކޮށްފައިވާ ފަރާތަކީ ނިއުޔޯކު ޓައިމްސްގައި މަސައްކަތް ކުރާ ކުރިން އިޒްރޭލު ސިފައިންގެ ތެރޭގައާއި އިޒްރޭލުގެ ޖާސޫސީ އިދާރާގައި މަސައްކަތްކޮށްފައި ފަހުން ނޫސްވެރިއަކަށް ވެފައިވާ ފަރާތެއްކަމުން އެވާހަކަގެ ސައްހަ ކަމާމެދު ސުއާލު އުފައްދާފައި ވެއެވެ.

ހިއްސާ ކުރައްވާ!