ޒަޔަނިސްޓުންގެ އުދުވާން

21:04

ޒަޔަނިސްޓުން ހިންގާ ގުއަންޓަނާމޯބޭ އާ އެއްފަދަ ޖަލުގައި، ފަލަސްޠީނުގެ އަސީރުންނަށް އަނިޔާކޮށް، އެމީހުން ރޭޕްކޮށް ގަދަކަމުން ލިވާޠު ކޮށްހެދި ސިފައިންގެ ބަޔާންނެގުމުގެ ތެރޭގައި ދޮގު ބަލާ މެޝިނަށް ލުމުން ސިފައިންގެ 9 މީހުން ފެއިލް ވެއްޖެ.

“އީރާނުގެ ހަމަލައަކަށް މިހެން އިންތިޒާރަށް ތިބުމަކީ އީރާނަށް ލިބޭ ނަސްރެއް” އިދިކޮޅު ލީޑަރު އަވިގްޑޯރް ލިބަރމަން

20:57

“އަހަރެން ޒަޔަނިސްޓު ދައުލަތުގެ މަސްއޫލުވެރިންގެ ގާތުން އަހާލަން ބޭނުން ވަނީ 5 ދުވަސްވަންދެން އަހަރަމެން، އީރާންގެ ހަމަލައެއްގެ އިންތިޒާރުގައި މިހެން ތިބެން ވީހޭ؟ މިއީ ހޭ އަހަރަމެންގެ ފެންވަރަކީ؟” ނަތަންޔާހޫގެ ސަރުކާރަށް ފާޑު ކިޔަމުން އިދިކޮޅު ލީޑަރު ޔާއީރް ލެޕިޑް

19:50

“އުތުރަށް ޙިޒްބުﷲއިން ދެމުންދާ ހަމަލަތަކާއި އީރާނުގެ ޙަމަލައަށް އިންތިޒާރުގައި ތިބެން ޖެހުމުން 9 މިލިއަން ޔަހޫދީން ވަނީ ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފ” ކިރިޔަތު ޝިމޯނާ އަވަށުގެ ރަޢީސް


19:49 ބައިތުލަޙްމްގައި ޒަޔަނިސްޓް ސިފައިންގެ އަންހެނަކަށް ވަޅިން ހަމަލަދީ ޒަކަމް ކޮށްލައިފި. ސިފައިން ވަނީ ފަލަސްޠީނު މީހާ މަރާލާފަ.


19:34 ބެއިރޫތުގައި އަޑުގަދަ ވާވަރަށް ތިރިން ޒަޔަނިސްޓުންގެ އަސްކަތީ މަތިންގާ ބޯޓުތައް އުދުއްސައިފި


19:31

“ޒަޔަނިސްޓުން ދަނީ ޣައްޒާގައި ބައިނަލްއަޤްވާމީ ގާނޫނާ ޚިލާފް ވަމުން”:

ޤަތަރުގެ ފޮރިން މިނިސްޓަރ މުޙައްމަދު ބިން ޢަބްދުއްރަހްމާ އާލްސާނީއާ ވާހަކަ ދައްކަވަމުން އުރުދުންގެ ޚާރިޖީ ވަޒިރު އައިމަން ސަފަދީ


ޖަޕާން ރައްޔިތުން ޒަޔަނިސްޓުންގެ ޤައުމަށް ދަތުރު ނުހެދުމަށް ޓޯކިއޯއިން އިންޒާރުކޮށްފި.


17:31

ޒަޔަނިސްޓް ޓެރަރިސްޓު ސިފައިން ޖެނީންއަށް ދިން ވައިގެ ހަމަލާއެއްގައި 4 މީހުން ޝަހީދު ކޮށްލައިފި


17:28

“ހަނިއްޔާ އަވަހާރަ ކޮށްލި ހާސިދާއިން ސާބިތުވީ އީރާނުގެ ނިޒާމުގެ ސޯޓު ބޭލިފައިވާ ކަން” ޒަޔަނިސްޓުންގެ ނޫސް ޖެރޫސަލަމް ޕޯސްޓަށް ލިޔެދީފައިވާ މަޒްމޫނެއްގައި، ޔޫއޭއީގެ އަރަބި ޒަޔަނިސްޓް މުހައްލިލު ސާލިމް އަލްޤަތްބީ،

ޒަޔަނިސްޓުން އާބާދުކޮށްފައިވާ ޖަލީލުގެ ހުޅަނގު ސަރަހައްދަށް ޙިޒބުﷲއިން ދިން ހަމަލާގައި ޒަޔަނިސްޓުންގެ 5 މީހަކަށް ވަރަށް ބޮޑަށް ޒަޚަމް ކޮށްލައިފި


17:20

ހައްދުފަނައަޅާފައިވާ ހަރުކަށި އުސޫލީ ޔަހޫދީ ޒަޔަނިސްޓުން ސިފައިންގެ ތެރެއަށް ވައްދަން ނިންމުމުން ސިފައިންގެ މަރުކަޒަކަށް ވަދެ އެބައި މީހުން ސިފައިންނަށް ހަމަލަ ދިފި: އިޒްރޭލް ކޭން ޓީވީ


އިޓަލީގެ އައިޓީއޭ އެއާލައިނުން ޓެލްއަވީވަށް ކުރާ ދަތުރުތައް 8 ވަނަ ދުވަހާ ހަމައަށް ހުއްޓާލައިފި


17:16

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ އިސްލާމީ ޙަމާސް ޖަމާޢަތުން ޝަހީދު ކުޅަ އިސްމާޢީލް ހަނިއްޔާގެ ބަދަލުގައި ވެރިއަކަށް ޕޮލިޓްބިއުރޯގެ މެމްބަރު މުޙައްމަދު އިސްމާޢީލު ދަރްވީޝް ހަމަޖައްސައިފި


ފަލަސްޠީނުގެ ދަރިކޮޅުގެ ރަޝީދާ ޠުލައިބްގެ ރަޙުމަތްތެރިޔާ ކޮންގްރެސްވުމަން ކޯރީ ބުޝް ދަނީ އިންތިޚާބުގައި އޭނާގެ ގޮނޑި ދިފާޢު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. ޒަޔަނިސްޓު ޔަހޫދީ ލޮބީން ވަނީ އޭނާއާ ދެކޮޅަށް މިޒޫރީގެ ޕްރޮސެކިއުޓަރެއް ނެރެފައެވެ. ޒަޔަނިސްޓު ޔަހޫދީން، ވާދަވެރިޔާ ރިޕަބްލިކަން ޕާޓީގެ ވެސްލީ ބެލް ހޮވުމަށް ބޯ ކޮށް ހޭދަކުރަމުން އެބަ ގެންދެއެވެ.


11:48

މެދުއިރުމަތި އޮތީ ހީވެސް ނުކުރާ ވަރުގެ ހަނގުރާމައެއްގެ ތުންފަތް މަތީގައި: ޖޯސެފް ބޮރެލް

އެކްސްގައި ކުރެއްވި ޓުއީޓެއްގައި ވިލާތުގެ ޚާރިޖީ ގުޅުންތަކާ ބެހޭ މަސްއޫލުވެރިޔާ ވިދާޅުވަނީ، ސިޔާސީ ފަންތީގެ މީހުންގެ މެދުގައި ހަނގުރާމައާ ބެހޭގޮތުން ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ. ނަތަންޔާހޫ ވަނީ ފަލަސްޠީނުގެ ލީޑަރު އިސްމާޢީ ހަނިއްޔާއާއި ޙިޒުބުﷲގެ ލީޑަރަކު ޝަހީދުކޮށްލައި މެދުއިރުމަތި ނުތަވަސްކަމަކަށް ވައްޓާލާފައެވެ. އީރާނުން ، ހަމަލަ ނުދޭމަތިން އީރާނަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެމެރިކާއިން ދަޅަ ދެއްކުމުން އެކަމަށްވެސް އީރާނުން ނޫނެކޭ ބުނުމުން އިތުރު ނުތަވަސްކަމެއް އުފެދިފައި ވެއެވެ.


11:45

ފަލަސްޠީނުން ގެންގުޅޭ ހަނގުރާމައިގެ އަސީރުން މިނިވަން ކުރުމަށް ޒަޔަނިސްޓު ބޮޑު ވަޒީރަށް ބާރު އެޅުމުގެ ގޮތުން ޔަހޫދީން ވަނީ ޓެލްއަވީވްގެ ހައިވޭ ބަންދުކޮށްގެން މުޒާހަރާ ކޮށް، ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލާފައެވެ.


ފަލަސްޠީނު މީހުން ވަނީ އިޒްރޭލުގެ ދެކުނާއި އުތުރަށް ރޮކެޓުން ހަމަލަ ދީފަ. ޙިޒްބުﷲ އިންވެސް ވަނީ، އުތުރު އިޒްރޭލާ ލުބުނާނާ އިންވެގެންވާ ބޯރަށް ޙަމަލަތަކެއް ދީފަ. ހަމާސްއިން ވަނީ ތައްލުލްހަވާގައި ޒަޔަނިސްޓު ސިފައިންގެ އުޅަނދުތަކަށް ރޮކެޓް ހަމަލަތަކެއް ދީފަ.


11:40

ޔަހޫދީ ޒަޔަނިސްޓުން ބޭނުން ވަނީ އިޒްރޭލުން  އިސްވެ އީރާނަށް ހަމަލަ ދޭން

ޒަޔަނިސްޓުން އެފްއެމް 103ން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމެއްގައި 48 ޕަސެންޓް މީހުން ބުނެފައި ވަނީ އެމީހުން ބޭނުން ވަނީ އިޒްރޭލުން އިސްވެ އޮވެގެން އީރާނަށް ޙަމަލަ ދޭށެވެ. އިޒްރޭލުގެ ސިފައިންނާއި ސިޔާސީ ލީޑަރުންވެސް ވަނީ އީރާނުން ކުރާ ނަފްސާނީ ހަނގުރާމައާ ގުޅިގެން ކެތް ކުރަން އުދަގޫވާ ކަމަށް ބުނެފައެވެ.


11:36

ޢައްބާސްގެ ސަރުކާރުގެ ބާރު ޣައްޒާއަށް ހިންގަން ބޭނުންވާ ކަމަށް ވިދާޅުވެ ޕީއެލްއޯ ޖަމާޢަތާ ޣައްޒާ ހަވާލު ކުރުމަށް އެދިވަޑައިގެންފި. ޣައްޒާގެ ސަރުކާރު ހިންގަނީ ހަމާސްއިން. ޢަބްބާސްއަކީ އިންތިޚާބަކާ ނުލައި މަގާމަށް ވެރިވެވަޑައިގެން ހުންނެވި. ޢައްބާސްގެ މަޤްސަދަކީ ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ހަނގުރާމަ ހުއްޓުވައި، މަގާމުގައި ހުންނެވުން. ފަލަސްޠީނު މީހުންގެ މެދުގައި އިތުބާރު ގެއްލިފައިވާ ޒަޔަނިސްޓުންނަށް ވާގިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ބޭފުޅެއް.


7 އޮކްޓޯބަރުގެ ފަހުން ވަޅުލާފައިވާ ފަލަސްތީނު މީހުންގެ މަހާނަތައް ކޮނެގެން ޒަޔަނިސްޓު ޔަހޫދީ ޓެރަރިސްޓް ސިފައިން ވަގަށް ނަގައިގެން ގެންދިޔަ 2000 ގަބުރުގެ ތެރޭން ބައެއް ޣައްޒާއަށް ކޮންޓެއިނާއެއްގައި ގެނަސް ދޫކޮށްލައިފިއެވެ.


11:30

ފަލަސްޠީނުގެ ފިރިހެން އަސީރުންތަކެއް ރޭޕްކޮށް ލިވާޠުގެ ޢަމަލުތައް ހިންގި ކަމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ޓެރަރިސްޓް ސިފައިންގެ 9 މީހުންގެ ދިފާއުގައި ޒަޔަނިސްޓް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ހައްދުފަހަނައަޅާފައިވާ ހަރުކަށި ޔަހުދީންގެ ބަޔަކު މުޒާހަރާކޮށް ފުލުހުންނާ އެކު މާރާމާރީ ހިންގައިފި.

ހިއްސާ ކުރައްވާ!