ޒަޔަނިސްޓުންނާ މެދު މީހުން ފޫހިވެފައިވާ ކަން ހާމަވޭ

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާޢަތަށް ތާއީދު ކުރާ މިންވަރު އިތުރުވެ ޔަހޫދީ ޒަޔަނިސްޓުން މަތިން މީހުން ފޫހިވާ މިންވަރު އިތުރުވާ ކަމަށް ޓައިމްސް އޮފް އިޒްރޭލުން ބުނެއެވެ. އެ ނޫހުން ބުނެފައި ވަނީ 7 އޮކްޓޯބަރުގެ މިނިވަން ކަމުގެ ހަނގުރާމަ ފެށުނު ފަހުން ޒަޔަނިސްޓުންނާ މެދު ފޫހިކަން ދެއްކުން އިތުރު ވެފައިޥާ ކަމަށާއި އެފަދަ މައްސަލަތައް އިތުރުވެ ރިޕޯޓު ކުރާ ނިސްބަތް ވެސް އިތުރު ވެފައިވާ ކަމަށެވެ.

ޒަޔަނިސްޓުންނާ ދެކޮޅަށް ނަފްރަތު ފާޅު ކުރުމުގެ 30 މައްސަލައެއް ޖުލައި މަހު އެކަނިވެސް ރިކޯޑް ކުރެވިފައި ވެއެވެ.

ހިއްސާ ކުރައްވާ!