ޒަޔަނިސްޓުންގެ ދުނިޔެއެއްގައި ނޭވާ ލިޔަކަ ނުދޭނެ

ނޯވޭއިން ފަލަސްޠީނުގެ ދައުލަތް ޤަބޫލުކޮށްފައިވާތީ، އަދަބު ދިނުމުގެ ގޮތުން ނޯރވޭއަށް ރާމަﷲގައި މިއަދުން ފެށިގެން ޑިޕްލޮމެޓިކް ޙަރަކާތް ނުހިންގޭނެ ކަމަށް އިޒްރޭލުން އަންގައިފިއެވެ. ނޯރވޭގެ އިސް ޑިޕްލޮމެޓް އިޒްރޭލުގެ ޚާރިޖީ ވުޒާރާއަށް ޙާޒިރުކޮށް އެކަމާ ގުޅޭ ޑިޕްލޮމެޓިކް ނޯޓް މިއަދު ޙަވާލުކޮށްފައި ވެއެވެ.

ނޯވޭއަކީ ފަލަސްޠީނަށް ބައިނަލްއަޤްވާމީ އެހީ ވިލަރެސް ކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތެވެ. އަދި 8 މީހުންގެ ޓީމަކުން ރާމަﷲއާއެކު އެހީގެ މަސައްކަތް ވިލަރެސް ކުރެއެވެ.

ހިއްސާ ކުރައްވާ!