އަސީރުން ރޭޕް ކުރުމަކީ ހަނގުރަމައިގެ ޖަރީމާއެއް: ފްރެންޗެސްކާ އެލްބަނީޒް

އިސްރާއީލުގެ އަނިޔާވެރި ޖަލުތަކުގައި ފަލަސްތީނުގެ އަސީރުން ރޭޕްކޮށް، ޖިންސީ ގޯނާ ކުރިކަން ހާމަވުމުން ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުތަކަށް ކަނޑައަޅާފައިވާ، އިންސާނީ ޙައްޤުތަކުގެ ހާލަތާ ބެހޭ އދ.ގެ ރެޕަޓުއާ ފްރަންޗެސްކާ އެލްބަނީޒް ނެރުނު ބަޔާނެއްގައި ވިދާޅުވަނީ ޒަޔަނިސްޓް ވެރިކަމުން ކުރާ ލާއިންސާނީ އަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބެލެވޭ ކަމަށެވެ.

“ސްޑޭ ޓައިމަން ޑިޓެންޝަން ސެންޓަރުގައި ތިބި ފަލަސްތީނުގެ އަސީރުންނަށް ދިމާވި ކަންކަމަކީ ގަސްތުގައި ހިންގާފައިވާ ކަމެއް ކަމަށާއި އަދި އެއީ ޖަލުގެ އޮފިޝަލުންނާ ގުޅިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށާއި މި ހާދިސާތަކަކީ ނުތަނަވަސް ވާން ޖެހޭ ކަންތައްތަކެއް ކަމަށާއި ހުޅަނގުގެ މީޑިއާ މިމައްސަލާގައި ހިމޭންކޮށް އޮތުމުން އަޅުގަނޑު ސިއްސައިގެން ދިޔަކަމެއް” އަލްބެނީޒް ވިދާޅުވެއެވެ.

ފަލަސްތީނުގެ ގައިދީންނާ މެދު ލާއިންސާނީ އަމަލުތައް ހިންގަމުން ގެންދާތާ ދިހަވަރަކަށް އަހަރު ވެފައިވާއިރު، މިކަން އިތުރު ވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްލާމީ ޙަމާސްގެ ހަނގުރާމަވެރިން ޒަޔަނިސްޓުން ގިއްގަޅުވާލި ފަހުންނެވެ.

“ފަލަސްތީނުގެ އަސީރުންނާ ދެކޮޅަށް ޒަޔަނިސްޓް އަސްކަރިއްޔާއިން ހިންގާ ޖަރީމާތައް ސިފަ ކޮށްދޭން ބޭނުން ކުރާނެ ބަހެއް ނެތް” އަލްބެނީޒް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!