ޣައްޒާ މީހުން މިސްރުން ބަލައިގަތުށް ޔަހޫދުން އެދުމުން މިސްރުން ދެކޮޅު ހަދައިފި

ޔަހޫދީ ޒަޔަނިސްޓުން، ޣައްޒާ ހުސްކުރުމަށް ބޭނުންވާތީ، ޣައްޒާގެ ރައްޔިތުން މިސްރަށް ގެންދިއުމަށް މިސްރު ސަރުކާރަށް ހުށަހަޅައިފިއެވެ. އިޒްރޭލުން ބޭނުން ވަނީ ކޮންމެ އަގަކާ ލައިގެންވެސް ޣައްޒާގެ ކޮންޓްރޯލު އިޒްރޭލަށް ލިބޭތޯ ބަލާށެވެ. ޣައްޒާއަކީ ޤުދުރަތީ ގޮތުން މުއްސަނދި ބިމެކެވެ. ޔަހުދީންނަށް ބޭނުންވާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ލިބެނީ، ޔަހޫދީން ޣައްޒާ ސިޓީން ދުރުގައި ހިފާފައިޥާ ދަނޑުވެރިކަން ކުރާ ޣައްޒާގެ ދަނޑު ބިންތަކުންނެވެ. މިއީ ޣައްޒާ ސިޓީއާ 40 ކިލޯ މީޓަރު ދުރުގައި އޮންނަ ދަނޑު ބިންތަކެވެ. 7 އޮކްޓޯބަރުގައި ކަށިނަރު ކަނޑައިގެން ހަނގުރާމަވެރިން ވަދެފައި ވަނީ އެ ސަރަހައްދަށެވެ.

ޖެރޫސަލަމް ޕޯސްޓުން ބުނިގޮތުގައި ޣައްޒާގެ އާބާދީ މިސްރުން ބަލައިގަތުމަށް ޔަހޫދީން ހުށަހެޅި ހުށަހެޅުން މިސްރުން ވަނީ ބަލައި ނުގެންފައެވެ.

މިއީ އިޒްރޭލުން މިސްރަށް، ޣައްޒާގެ ރައްޔިތުން ބަލައި ގަތުމަށް އެދުނު ފުރަތަމަ ފަހަރެއްވެސް ނޫނެވެ. މިނިވަންކަމުގެ ހަނގުރާމަ، 7 އޮކްޓޯބަރުގައި ފެށުމާއެކުވެސް ޔަހޫދުން ވަނީ މިސްރުން ޣައްޒާ މީހުން ސީނާއަށް ގެންދިއުމަށް ހުށަހަޅާފައެވެ. އަދި މިސްރުގެ ޑިކްޓޭޓަރު އަބްދެލްފައްތާޙު އައްސީސީއަށް ޔަހޫދުން ބުނެފައި ވަނީ ޣައްޒާގެ މީހުން މިސްރުން ބަލައިގަނެ، ސީނާގައި ރެފިއުޖީ ކޭމްޕެއްގައި އާބާދުކޮށްދީފިނަމަ، މިސްރުގެ ހުރިހައި ދަރަންޏެއް އިޒްރޭލުން މަޢާފް ކޮށްދޭނެ ކަމަށެވެ. ޔަހުދީންނަކީ މިހާރު ދުނިޔޭގެ އެންމެ އިތުބާރު ކުޑަ ނަސްލުކަން ޔަގީނެވެ!

ހިއްސާ ކުރައްވާ!