ޔަހޫދުންނާ ދެކޮޅަށް އިލްހާން ޢުމަރު ކާމިޔާބު ހޯއްދަވައިފި

މިނިސޯޓާގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ އިލްހާން ޢުމަރު ކާމިޔާބު ކުރައްވައިފިއެވެ. އޭނާއަކީ އިޒްރޭލަށް ފާޑު ކިޔުމުގައި ފަސް ޖެހި ވަޑައި ނުގަންނަވާ، ޔަހޫދީންނަށް ތާއީދު ކުރާ މެމްބަރުން ހޮވުމަށް ފައިސާ ހޭދަކުރާ އައިޕެކްގެ ކަޅު ލިސްޓުގައި ހިމެނޭ މެމްބަރެކެވެ.

މިނިއަޕޯލިސް ސަރަހައްދުގެ 5 ވަނަ ޑިސްޓްރިކްޓްގެ ގޮނޑި އިލްހާން ޢުމަރު ކާމިޔާބު ކަމާއެކު ދިފާޢު ކުރެއްވީ، 2022 ވަނަ އަހަރުގެ ޕްރައިމަރީގައި އޭނާ ބަލިކުރި މިނިއަޕޮލިސް ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ޑޮން ސެމިއުލްސް އާ ވާދަ ކުރައްވައިގެންނެވެ.

ހިއްސާ ކުރައްވާ!