ނޭޓޯއިން ޔުކްރެއިން ހަގުރާމައިގެ ތެރެއަށް ވަދެ ރަޝިޔާއަށް ހަމަލަ ދެނީ

ޖާސޫސުން ކަމށް ބުނެ ރަޝިޔާއިން އިނގިރޭސިވިލާތުގެ އެމްބަސީގައި މަސައްކަތް ކުރާ 6 ޑިޕްލޮމެޓަކުން މިއަދު ޤައުމުން ބޭރުކޮށްލައިފިއެވެ.  އިނގިރޭސިވިލާތުން ބުނެފައި ވަނީ މިއަސާސެއް ބުހުތާނު ދޮގު ތުހުމަތެއް ކަމަށެވެ. ރަޝިޔާއާއި އިނގިރޭސިވިލާތާ ދެމެދު ބަހުގެ ހަނގުރާމަ ހޫނުވެފައި ވަނީ އިނގިރޭސި މިސައިލްތައް ބޭނުން ކޮށްގެން ރަޝިޔާގެ ފުނަށް ހަމަލަ ދިނުމަށް ލަންޑަނުން ކިޔޭވްއަށް ހުއްދަ ދިނުމަށްފަހު އެވެ.

ރަޝިޔާގެ ރައީސް ވިދާޅުވެފައި ވަނީ މިހާރު ނޭޓޯއިން ސީދާ ހަނގުރާމައިގެ ތެރެއަށް ވަދެގަތީ ކަމަށެވެ. ހުޅަނގުގެ ހަތިޔާރުން ރަޝިޔާއަށް ހަމަލަ ދެނީނަމަ އެކަން ކުރަނީ ހުޅަނގުގެ ފަންނީ މީހުންނާއި ސިފައިންނާއި ހުޅަނގުގެ ސެޓެލައިޓް ބޭނުން ކޮށްގެން ކަމަށް ޕުޓިން ވިދާޅުވެއެވެ.

މިއަދު އިނގިރޭސި ބޮޑު ވަޒީރު ބައިޑެންއާއެކު ބާއްވަވާ ބައްދަލުވުމުގައިވެސް ދިގުރާސްތާގެ މސައިލުން ރަޝިޔާގެ ފުނަށް ހަމަލަ ދިނުމާ މެދު ވާހަކަ ދައްކަވާނެއެވެެ. އެމެރިކާ ރައީސް ވިދާޅުވީ ރަޝިޔާގެ ފުނަށް ހަމަލަ ދިނުމަށް އެެމރިކާ ހަތިޔާރެއް ބޭނުން ނުކުރާނެ ކަމަށެވެ. ނަމަވެސް އެހެން ޤައުމަކުން ހަތިޔާރު ދީގެން އެތަކެތިން ރަޝިޔާގެ ފުނަށ ްޙަމަލަ ދިނުމުގައި އެމެރިކާގެ އިއުތިރާޒެއް ނެތް ކަމަށެވެ.

ހިއްސާ ކުރައްވާ!