ޗައިނާގެ ޕްރައިވެޓް ޓިއުޝަން ދިނުމަކީ ކަޅު ބާޒާރުގެ ވަގު ވިޔަފާރިއެއް

ޗައިނާގައި ޕްރައިވެޓް ޓިއުޝަން އަކީ ބޮޑު ވިޔަފާރިއެކެވެ. ޗައިނާ ސަރުކާރުން ވަނީ އެކަން ކޮންޓްރޯލު ކުރުމަށް 2021 ވަނަ އަހަރު ފިޔަވަޅުތަކެއް އަޅައި، ޕްރައިވެޓް ޓިއުޝަން ދިނުން މަނާކޮށްފައެވެ.

މި ފިޔަވަޅާއެކު 120 ބިލިއަން އެމެރިކާ ޑޮލަރު ގެ ސިނާއަތް ގަޑުބަޑުވެގެން ދިޔައެވެ. ޗައިނާގެ ވަޒީފާގެ ބާޒާރަކީ އިންތިހާއަށް ވާދަވެރިކަން ބޮޑު ބާޒާރެކެވެ.

ޗައިނާގެ ސަރުކާރުގެ ނިންމުމާއެކު، ޖެހިގެން އައި އަހަރު، 2022 ވަނަ އަހަރު ސްޓޭޓް ކައުންސިލުން، ޗައިނާގެ ކެބިނެޓުން އިއުލާން ކުރި ގޮތުގައި ޓިއުޝަން ސެންޓަރުތަކުގެ އަދަދު 96 ޕަސެންޓް ދަށްވެގެން ދިޔައެވެ. އެ އިއުލާން ކުރިއިރު ޓިއުޝަން ސެންޓަރުތަކުގެ އަދަދު އުޅުނީ، 4،932 ގައެވެ. ކުރިން ޓިއުޝަން ސެންޓަރުތައް ހުރީ 124،000 ގައެވެ.

އޭގެ ތިން އަހަރު ފަހުން ބެލެނިވެރިން ވަނީ އަނެއްކާވެސް ބްލެކް މާކެޓް ޓިއުޝަން އިންޑަސްޓްރީއަށް އެނބުރި ދިއުމަށް މަޖުބޫރުވެފައި ވެއެވެ.

ދައުލަތުގެ ނޫސް އެޖެންސީ ޗައިނާ ނިއުސް ސާވިސް އިން އޮގަސްޓް 28 ވަނަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ، ސްޓޭޓް ކައުންސިލްގެ ގައިޑްލައިން އާންމުކުރުމާ ގުޅިގެން ބެލެނިވެރިންނާ ވާހަކަ ދެއްކުމުން ބުނެފއި ވަނީ ޓިއުޝަން ކްލާސްތަކަށް ޑިމާންޑް ބޮޑުވެފައިވާ ކަމަށެވެ.

މީޑިއާ ރިޕޯޓްތަކުން ފާހަގަކޮށްފައިވާ ގޮތުގައި މިހާރު ޓިއުޝަން ކްލާސްތައް ހިންގަނީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކުރުމަކާ ނުލައެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ބެއިޖިންގެ ގިނަ އަންޑަގްރެޖުއޭޓް ނުވަތަ ޕޯސްޓްގްރެޖުއޭޓް ދަރިވަރުން ވަނީ އެއްބަޔަކު އަނެއްބަޔަކަށް އަމިއްލައަށް ޓިއުޝަން ދޭން ނުކުމެފައެވެ.

ހިއްސާ ކުރައްވާ!