މުސްލިމު ޤައުމަކުން އިޒްރޭލަށް ދިން އެންމެ ވަރުގަދަ ހަމަލާ: ޖެރޫސަލަަމް ޕޯސްޓް

އީރާނުގެ މިސައިލް ޙަމަލަ ނިމިއްޖެ ކަމަށް އިޒްރޭލުން ބުނެފި އަދި ރައްޔިތުން ބިންގަރާހުން ނިކުތުމަށް އަންގައިފި


އީރާނުން ދެމުންދާ ޙަމަލަތައް ލައިވް ކޮށް ބައިޑެންއާައި ހެރިސް ދަނީ ވައިތްހައުސްގައި ތިބެ ބަލަމުން: ވައިޓްހައުސް


އީރާން މިސައިލްތައް ވައްޓާލުމަށް ބައިޑެން އަންގައިފި


އީރާނުން ދޭ ޙަމަލައަކީ ޝަހީދު އިސްމާއީލް ހަނިއްޔާއަށް ބަދަލު ހިފުމަށް ދޭ ޙަމަލައެއް: އީރާން ޓީވީ


ނަތަންޔާހޫ ހުއްޓުވާނީ ހިޓްލަރު ހުއްޓުވި ގޮތަށް. އެރުދުޣާން.

ކުރިން ލުބުނާނަށް އެރި ހެން މިފަހަރު އެރުން ފަހޭހައެއް ނުވާނެ

ތާރީޚުގައި ފުރަތަމަ ފަހަރަށް އިޒްރޭލްގައި އެންމެ ގިނަ ޔަހޫދީން ބިންގަރާހަށް ވެއްދފީ އީރާނުން.


ޓެލްއަވީވް ކައިރީގައި އޮންނަ އަސްކަރީ މަރުކަޒެއްވެސް ގޮއްވާލައިފި


މެޑިޓެރޭނިއަން ސަރަހައްދުގައި ހުންނަ އިޒްރޭކލްގެ ގޭސް ޕްލެޓްފޯމްތައް ވަނީ އީރާން މިސައިލްތަކުން ހަލާކުކޮށްލާފަ


އަހަރަމެން ވާނީ އިޒްރޭލަށް ޙިމާޔަތް ދޭނެ ކަމަށް މިއަދު އިޒްރޭލަށް އަންގާފަ: ބައިޑެން


ޔަހޫދުންގެ ޤައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި


އިޒްރޭލުން ފާޑުފާޑު ކޮށްފިނަމަ މިއަށް ވުރެން ވަރުގަދަ ރައްދެއް ދޭނކަމަށް އީރާނުން އިންޒާރުކޮށްފި


ބައިގަޑި އިރު ތެރޭ އީރާނުން  200 މިސައިލް ފޮނުވައިފި:އިޒްރޭލް ރޭޑިއޯ


އީރާނުގެ ހަމަލައާ ގުޅިގެން އިޒްރޭލު އެމްބެސެޑަރުން އަމަކު ކުރަންވީ ގޮތާއި ޤައުމުތަކުގެ ވެރިންނަށް ކަން ކިޔައިދޭންވީ ގޮތުގެ އިރުޝާދު ދދީފި ކަމަށް އިޒްރޭލް ފޮރުިން މިނިސްޓްރީން ބުނެފި


އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓްގެ މީޓިންގއެއް ބިންގަރާހުގައި ބާއްވަނީ


އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީގެ ހުރިހާ މުވައްޒަފުންވެސް ބިން ގަރާހަހށް ވައްދައިފި


ޔަމަނުގެ ހޫސީން ވަނީ ރެޑް ސީގައި އިޒްރޭލަށް ދަތުރުކުރި ޓޭންކަރަކަށްވެސް ހަމަލަ ދީފަ


10:13 މިއީ މުސްލިމު ޤައުމަކުން މިހާތަނަށް ޒަޔަނިސްޓު ޤައުމަށް ދިން މިވަރުގެ އެންމެ ބޮޑު ހަމަލާ: ޖެރޫސަލަމް ޕޯސްޓް


10:12 ޖެރޫސަލަމް ޕޯސްޓުން ބުނަނީ 500 މިސައިލް އީރާނުން ފޮނުވާލަި ކަމަށް.


ބަޑީގެ ޙމަލައެއްގައި ހިފާފައިޥާ ފަލަސްޠީނުގެ ޔާފާގައި 4 ޔަހޫދީއަކު ވަނީ މަރާލާފައި އަދި 7 މީހަކު ވަނީ ޒަޚަމް ކޮށްލާފަ.


ރޮއިޓާޒް އިން ބުނަނީ ކުޑަ ޢިނގިރެސި ޢަބްދުﷲގެ ސަރުކާރުން ޖޯޑަން މަތިން ބައެއް މިސައިލްތައް ވައްޓާލާފއިވާނެ ކަމަށް.


އީރާން މީޑިއާއިން ބުނަނީ 100 ވަރަކަށ ްމިސައިލް ފޮނުވާލާފައިވާނެ ކަމަށް.


ޙުއްޖަތުލް އިސްލާމް ޙަސަން ނަޞްރަﷲ ޝަހީދު ކޮށްލުމާ ގުޅިގެން ނަތަންޔާހޫގެ މަގްބޫލުކަން ވަނީ އިތުރު ވެފައި.

އޭނާގެ ސަރުކާރަށް އިތުރު ޕާޓިއަކުން ތާއީދު ކުރުމުން ކަނިސެޓްގައި މިހާރު އަދަދު 64 އަށް މެމްބަރުންގެ އަދަދު އިތުރު ވުމުން އޭނާ އަށް ކަންކަން ނިންމުމަށް ހުރަހެއް ނެތް ކަމަށް ބުނޭ’


މީސްމީޑިއާއިން ރިޕޯޓު ކުރާ ގޮތުގައި އިޒްރޭލަށް މިސައިލްތަކުގެ ވާރޭ ވެހެމުން ދަނީ


10.03 އީރާނުން ދީފައިވާ މިސައިލަކީ އިޒްރޭލަށް މީގެ ކުރިން ދިން މކިސައިލްތަކަށް ވުރެން ބާރުގަދަ އަދި އަދަދުގެ ގޮތުން ގިނަ މިސައިލްތަކެއް ކަމަށް ބެލެވޭ: އޭބީސީ ނިއުސް

އީރާނުން އިޒްރޭލަށް 250 އެއްހައި މިސައިލް ބޭނުންކޮށްގެން ހަމަލަ ދޭން ފަށައިފި.

އިޒްރޭލުން ވަނީ ރައްޔިތުން ބުން ގަރާހަސް ވަނުމަށް އަމުރުކޮށްފަ.

ޔަހޫދީން ދަނީ އެމީހުންގެ ސަރަހައްދުތަުގައި ހަޅޭއްލަވައި ރޮއެ ހޭރެމުން

ހިއްސާ ކުރައްވާ!