އިންޑިއާއިން ވަނީ އޮޑިޝާގެ އައްސޭރީގައި އޮންނަ އޭޕީޖޭ އަބްދުލްކަލާމް ޖަޒީރާއިން، އަޑަށް ވުރެން ބާރަށް ދަތުރުކުރާ ދުރު ރާސްތާގެ މިސައިލެއް ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައެވެ. މި ޓެސްޓް ކޮށްފައި ވަނީ ހޮނިހިރު ދުވަހު ކަމަށް އޮފިޝަލުން ބުނެއެވެ.
ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން (ޑީއާރުޑީއޯ) އިން އުފައްދާފައިވާ މި މިސައިލަކީ އިންޑިއާގެ ދިފާއީ ގާބިލްކަމަށް ލިބިގެން ދިޔަ މުހިންމު މައިލްސްޓޯނެކެވެ. ހައިޕަރސޮނިކް މިސައިލަކީ މެކް 5 އަށް ވުރެ ބާރު ސްޕީޑެއްގައި ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މިސައިލަކަށް ވާތީ، ޒަމާނީ ވައިގެ ދިފާއީ ނިޒާމުތަކާ ކުރިމަތި ލެވޭގޮތަށް މި މިސައިލް ވަނީ ތައްޔާރުކޮށްފައެވެ.
މި ކާމިޔާބު ޓެސްޓަކީ އިންޑިއާގެ ސްޓްރެޓެޖިކް ޑިޓަރެންސް ހަރުދަނާކޮށް، އެގައުމުގެ އަސްކަރީ ޓެކްނޮލޮޖީ އިތުރަށް ފުރިހަމަ ކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް އިންޑިއާއިން ބުނެއެވެ. މިސައިލްގެ ސްޕެސިފިކޭޝަނާއި ރާސްތާއާ ބެހޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.



