މިއަހަރު ބާއްވާފައިވާ ވަރލްޑް އިކޮނޮމިކް ފޯރަމްގައި އިންޑިއާގެ ކުރީގެ ޔުނިކޯންތައް ބައިވެރިވިއެވެ. އަދި ދެން އޮންނަ އެޑިޝަނެއްގައި އިންޑިއާގެ ސްޓާޓްއަޕްތައް ބައިވެރި ކުރަން ޖެހޭ ކަމަށް ވަރލްޑް އިކޮނޮމިކް ފޯރަމް އިންތިޒާމް ކުރި ފަރާތުން ބުނެއެވެ. އިންޑިއާއަކީ އެންމެ ގިނައިން އަލަށް ވިޔަފާރި ފަށާ ސްޓާޓްއަޕްތައް ހިމެނޭ ޤައުމެވެ.
މިއަހަރު އިންޑިއާ ޕެވިލިއަންގައި މަހާރާޝްތުރާ އާއި އުއްތަރު ޕްރަދޭޝް ފަދަ ސްޓޭޓްތަކުން އެ ސްޓޭޓްތަކުގެ ސިނާއީ ހަރަކާތްތައް ހުށަހަޅާފައިވެއެވެ. އަދި ޓެލަންގާނާ އާއި ދެކުނުގެ ސްޓޭޓްތަކުން ވަނީ ޓެކް އަދި އިންފްރާސްޓްރަކްޗާގެ ކަންކަން ދައްކާލާފަ އެވެ.
އިންޑިއާ ޕެވިލިއަންގައި ދައްކާލާފައިވާ މައުރަޒްތަކުގެ މަގުސަދަކީ ފެހި ހަކަތަ، ޓެކްނޮލޮޖީ، ސިއްހީ ފަރުވާ، އަދި އުފެއްދުންތެރިކަން ފަދަ މުހިންމު ދާއިރާތަކަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ހޯދުމެވެ.
ވާރލްޑް އިކޮނޮމިކް ފޯރަމް ކުރިއަށް ދިޔައީ، ޖެނުއަރީ 20 އިން 24 އަށެވެ.
މިއަހަރު އިންޑިއާގެ ބައިވެރިވުމުގެ ތީމް ބިނާވެފައިވަނީ ސާފު ހަކަތައިން ފެށިގެން ޑިޖިޓަލް ޓްރާންސްފޯމަޝަންއާ ހަމައަށް ދުނިޔޭގެ މައްސަލަތަކުގައި ލީޑް ކުރުމުގެ ޤާބިލުކަން އިންޑިއާއަށް ލިބިފައިވާކަން ދައްކާށެވެ.




