އޭޝިއާ ޕެސިފިކްގައި އެންމެ ބާރަށް ތަރައްގީވާ ރިއަލް އެސްޓޭޓް ވިޔަފާރި

އޭޝިއާ ޕެސިފިކް (އޭޕީއޭސީ) ސަރަހައްދުގައި ކްރޮސް ބޯޑަރު ރިއަލް އެސްޓޭޓް އިންވެސްޓްމަންޓަށް އެންމެ އިސްކަންދޭ 10 ސިޓީގެ ތެރޭގައި މުމްބާއީ އާއި ނިއުދިއްލީ ވަނީ ކުރި ހޯދާފައެވެ. ރިއަލް އެސްޓޭޓް އިންވެސްޓްމެންޓްގައި މުމްބާއީ 5 ވަނައިގައި އޮތްއިރު، އެ ސިޓީގެ ކުރީގައި އޮތީ، ޓޯކިޔޯ، ސިޑްނީ، ސިންގަޕޫރު، އަދި ހޮޗިމިން ސިޓީ އެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީ އުޅެނީ، 8 ވަނާގައެވެ. ނިއު ދިއްލީ އާ އެއްވަރުވެފައި ވަނީ ސޯލް، އޮސާކާ، އަދި ހެނޯއީ އެވެ.

2025ގެ މި ސާވޭގައި އަލިއަޅުވާލާފައިވަނީ މުޅި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ރިއަލް އެސްޓޭޓް މާކެޓުގައި ވިޔަފާރި ހަރަކާތްތައް އުޅޭ ގޮތުގެ މައްޗަށެވެ. ސާވޭއިން ލަފާކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު ރިއަލް އެސްޓޭޓް އިންވެސްޓްމެންޓްތައް ދެގުނަ ވާނެއެވެ.

އިންޑިއާގައި ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް 3 ޕަސެންޓަށް އަރާފައިވާ ކަމަށް ދައްކައެވެ. މި ހަރަކާތުގައި އުޅެނީ، ޑިވެލޮޕަރު/އޯނަރ/ އަދި އޮޕަރޭޓަރުންނާއި، ރިއަލް އެސްޓޭޓް ފަންޑުތަކާއި، އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނެވެ.

އިންޑިއާގައި އިންވެސްޓަރުންގެ ޝައުގުވެރިކަން ހުރީ، އޮފީސް، ރެޒިޑެންޝަލް، އިންޑަސްޓްރިއަލް، އަދި ޑޭޓާ ސެންޓަރު ފަދަ އެސެޓް ކްލާސްތަކުގެ ޑިމާންޑަށެވެ.

މި ސާވޭއިން ހާމަވާ ގޮތުގައި އިންޑިއާގެ ރިއަލް އެސްޓޭޓްގެ އިކުއިޓީ އިންވެސްޓްމަންޓް 2024 ވަނަ އަހަރު 11.4 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، އަހަރުން އަހަރަށް މިއަދަދު ދަނީ، 54 ޕަސެންޓަށް އިތުރު ވަމުންނެވެ.

ހިއްސާ ކުރައްވާ!