އިންޑިޔާ އިންޑޮނޭޝިޔާ ގުޅުން: 2،000 އަހަރުގެ ސަގާފީ ބަދަހިކަމެއް

އިންޑިޔާ އާއި އިންޑޮނޭޝިޔާ އަކީ ދުނިޔޭގައި އެންމެ ގަދީމީ ޒަމާނުގެ ދިގު މުއްދަތަކަށް ދެމިގެންދާ ސަގާފީ ގުޅުންތަކުގެ ތެރެއިން އެއް ގުޅުން ހިއްސާކުރާ ދެ ޤައުމެވެ. މި ގުޅުމަކީ 2،000 އަހަރަށްވުރެ ގިނަ ދުވަހުގެ ސަގާފީ ބަދަލުކުރުންތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. މީލާދީ ސަނަތުގެ ފުރަތަމަ ޤަރުނުގައި، އިންޑިޔާގެ ވިޔަފާރިވެރިން އިންޑޮނޭޝިޔާގެ ޖަޒީރާތަކަށް ދީންތަކާއި ސަންސްކްރިޓް ބަސް ތަޢާރަފުކުރިއެވެ. މިކަމުގެ ސަބަބުން އެ ސަރަޙައްދުގެ ސަގާފަތަށް ވަރަށް ބޮޑު ބަދަލެއް އައެވެ.

އިންޑޮނޭޝިއާއިން ފެންނަ ގަދީމީ ދީނީ ތާރީޚީ ބިނާތަކަކީ މި ތަރިކައިގެ ހެކިތަކެވެ. އަދި ރާމާޔަނާއާއި މަހާބާރަތަ ފަދަ އެޕިކްތައް އިންޑޮނޭޝިޔާގެ އަމިއްލަވަންތަކަމުގެ މުހިންމު ބައެއްގެ ގޮތުގައި ވަނީ ހިމެނިފައެވެ. އިންޑިޔާގެ ޕަޓޯލާ ފޭރާންތަކުން އިންޑޮނޭޝިޔާގެ ޑިޒައިންތަކަށް އައު ދިރުމެއް ލިބުނެވެ. އަދި އިންޑިޔާގެ ބޯދާ ޒަމާނުގެ ނަލަންދާ ޔުނިވަރސިޓީގައި އިންޑޮނޭޝިޔާގެ ދަރިވަރުން ކިޔެވުމާއެކު، ފިކުރީ ބަދަލުކުރުންތައް ކުރިއަރައިގެން ދިޔައެވެ.

1951 ވަނަ އަހަރު ވެވުނު ރަޙްމަތްތެރިކަމުގެ މުޢާހަދާ އިން ޒަމާނީ ގުޅުންތައް، އިތުރަށް ހަރުދަނާކުރެވުނެވެ. ސަގާފީ ޑިޕްލޮމަސީ އާއި އިންޑޮނޭޝިޔާގައި ބޮލީވުޑްގެ މަޤްބޫލުކަމުގެ ތެރެއިން އިންޑިއާ އިންޑޮނޭޝިއާ ގުޅުން ދަނީ ކުރިއަށެވެ.

ދަތުރުފަތުރުގެ މަދު ގުޅުންތައް ފަދަ ގޮންޖެހުންތަކެއް މިވަގުތައް ހުރި ނަމަވެސް، މި ދެ ޤައުމުގެ މެދުގައި އޮތް މުއްސަނދި އެކުވެރިކަމުގެ ތަރިކައަކީ އެއް ގައުމު އަނެއް ގައުމަށް އިޙްތިރާމްކުރުމާއި އެއްބައިވަންތަކަމުގެ ވަރުގަދަ ނިޝާނެކެވެ.

 

ހިއްސާ ކުރައްވާ!