އިންޑިއާގެ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކުރުން އިތުރުވެ، 2030 ވަނަ އަހަރާ ހަމައަށް ވއްކާ ކާރުގެ 9 ޕަސެންޓު ވެގެން ދާނީ އީވީ ކަމަށް ލަފާ ކޮށްފައި ވެއެވެ.
ނުމޫރާ އިން ތައްޔާރުކޮށްފައި މާކެޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ދެ އަހަރު ޕެސެންޖާ ކާރުތަކުގެ ސެގްމެންޓްގައި އީވީ އޮތީ ހުއްޓިފައެވެ. ނަމަވެސް، 2027 ވަނަ އަހަރާ ހަމައަށް 5 އިންސައްތައަށް އަދި 2030 ވަނަ އަހަރާ ހަމައަށް 9އިންސައްތައަށް މިސެގްމެންޓް އިތުރުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
އިންޑިއާގައި ދެ ފުރޮޅުލީ އިލެކްޓްރިކް އުޅަނދުތަކުގެ ބޭނުންކުރުން ވެސް އިތުރުވެގެން ދާނެއެވެ. 2027 ވަނަ އަހަރާ ހަމައަށް 10އިންސައްތަ އަށް އަދި 2030 ވަނަ އަހަރާ ހަމައަށް 20 ސައްތައަށް މި ސެގްމެންޓް އިތުރުވާނެއެވެ.
އިންޑިއާގެ އުޅަނދުތައް އުފައްދާ ފަރާތްތަކުން މިހާރު ފޯކަސްކުރަނީ އަގު ހެޔޮކޮށް އުޅަނދުތައް އުފައްދާށެވެ.
ބަރަތު މޮބިލިޓީ އެކްސްޕޯ 2025 ގައި ދައްކުވައި ދީފައި ވަނީ، އިންޑިއާގައި އުޅަނދުތައް ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ފެންވަރުގެ އުޅަނދުތަކަށް ބަދަލުވަމުންދާ މިންވަރެވެ. މީގެ ތެރޭގައި އީވީތަކާއި އެޑްވާންސްޑް ޑްރައިވަރ އެސިސްޓެންސް ސިސްޓަމްސް (އޭޑާސް) ފަދަ ޓެކްނޮލޮޖީތަކަށް އިސްކަން ދީފައިވާ ކަން އެނގިފައި ވެއެވެ.




