އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ރިލަޔަންސް އިންޑަސްޓްރީސް އިން ދަނީ ގުޖުރާތުގެ ޖާމްނަގަރުގައި ދުނިޔޭގެ އެންމެ ބޮޑު ޑޭޓާ ސެންޓަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ރިލަޔަންސް ޖިއޯ އިންފޯކޮމް އިން ކުރިއަށް ގެންދާ މި ފެސިލިޓީއަށް ކަރަންޓް ދޭނީ އިއާދަކުރަނިވި ހަކަތައިން ނެވެ. ރިލައެންސަކީ މިހާރުވެސް ސޯލާ، ވިންޑް، އަދި ގްރީން ހައިޑްރޯޖަން މަޝްރޫއުތައް ކުރިއަށް ގެންދާ ކުންފުންޏެކެވެ.
ރިލަޔަންސް ޖިއޯގެ ސީއީއޯ އަދި ރިލަޔަންސްގެ ޗެއާމަން މުކޭޝް އަމްބާނީގެ ދަރިކަލުން އަކާޝް އަމްބާނީ ވިދާޅުވީ މި މަޝްރޫއު 24 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރިލަޔަންސް އިން ޖާމްނަގަރުގައި މިހާރުވެސް ތެޔޮ ސާފުކުރާ ބޮޑު ކޮމްޕްލެކްސް ހިންގައެވެ. ޖާމްނަގަރަކީ އެ ކުންފުނީގެ ޑިޖިޓަލް އުންމީދުތަކުގެ ސްޓްރެޓެޖިކް ހަބަކަށް ވާނެކަމުކަޒުކަމަށް ރިލައެންސްއިން ދެކެއެވެ.





