ދުނިޔޭގެ އެންމެ ދިގު ކަނޑުއަޑީ ކޭބަލް މެޓާއިން އަޅަނީ

ދުނިޔޭގެ އެންމެ ދިގު ކަނޑުއަޑީގެ ކޭބަލް ސިސްޓަމް އެޅުމުގެ ބޮޑު މަޝްރޫއެއް ކަމަށްވާ "ޕްރޮޖެކްޓް ވޯޓާވޯތު" މެޓާއިން އިއުލާންކޮށްފި އެވެ. މިއީ، 50،000 ކިލޯމީޓަރަށް ވުރެ ދިގު އަދި ފަސް ބައްރު ގުޅުވައިދޭ ކޭބަލްގެ ވިއުގައެކެވެ. މިއީ އިންޑިއާއާ މެޓާ ގުޅުވާލަދޭ ކޭބަލެކެވެ.

މި މަޝްރޫއުގެ މަގުސަދަކީ ދުނިޔޭގެ ޑިޖިޓަލް ކަނެކްޓިވިޓީއަށް އިންގިލާބެއް ގެނައުމެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި މިކަން އިއުލާން ކޮށްފައި ވަނީ، އެމެރިކާއާއި އިންޑިއާގެ ޖޮއިންޓް ލީޑަރުންގެ ބަޔާނުގައެވެ.

ބިލިއަން ޑޮލަރުގެ މި މަޝްރޫއުގައި މެޓާގެ މުހިންމު މާކެޓެއް ކަމަށްވާ އިންޑިއާއަށް މައިގަނޑު ދައުރެއް އޮންނާނެ އެވެ.

މި މަޝްރޫއުގައި ޒަމާނީ މުހިންމު ޚާއްސަ ސިފަތައް ހިމަނާފައިވާއިރު، ގިނައިން ކަނޑު އަޑީ ކޭބަލް މައްސަލަ ބޮޑު ޒޯންތަކުގައި އައު ގޮތްގޮތަށް ކޭބަލް ވަޅުލުމުގެ އުކުޅުތައް ހިމެނޭނެއެވެ. އަދި ކަނޑުގެ އަޑިއަށް މި ކޭބަލްތައް 7،000 މީޓަރުގެ އަޑިއަށް ދާނެއެވެ.

މެޓާއިން ސިފަކުރާ ގޮތުގައި މިއީ އިންޑިއާއާއެކު އިގްތިސާދީ އެއްބާރުލުން އިތުރުކުރުމާއި، އާބާދީގެ ޑިޖިޓަލް ބައިވެރިވުން އިތުރުކުރުމާއި، ޚާއްސަކޮށް އިންޑިއާ ފަދަ ސަރަހައްދުތަކުގައި ޓެކްނޮލޮޖީގެ ތަރައްގީ އަވަސްކުރުމަށް ބާރަކަށް ވާނެ މަސައްކަތެކެވެ.

މެޓާގެ މި އިންވެސްޓްމަންޓް ކުރިއަށް ގެންދަނީ ނެޓްވޯކް އިންފްރާސްޓްރަކްޗާއަށް ޓެކް ކުންފުނިތަކުން ކޮންޓްރިބިއުޓް ކުރުމަށް ޓެލެކޮމް އޮޕަރޭޓަރުންގެ ޑިމާންޑް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.

މި މަޝްރޫއުގެ ސަބަބުން އިންޑިއާގެ ބޮޑު ޑިޖިޓަލް އިކޮނޮމީ ޕްލޭންތަކަށް އެހީތެރިވެދިނުމުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކަނޑުއަޑީގެ ކޭބަލްތައް ބެލެހެއްޓުމާއި ފައިނޭންސްކުރުމުގައި އިންޑިއާގެ ދައުރު ހަރުދަނާވާނެ ކަމަށް ބެލެވެ އެވެ.

ދުނިޔޭގެ ޑިޖިޓަލް ހައިވޭތައް ފުޅާކޮށްގެން ޕްރޮޖެކްޓް ވޯޓާވޯތު އިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަނެކްޓިވިޓީ އާއި އީޖާދީ ގޮތްގޮތަށް ގުޅުވުމުގެ  މުސްތަގުބަލު އަލުން ކަނޑައެޅުމަށް ތައްޔާރުވެފަ އެވެ.

ހިއްސާ ކުރައްވާ!