މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓަރު ޖެނެރަލަކަށް އަހުމަދު މައުސޫމް

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓަރު ޖެނެރަލް ގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ. އެ މަގާމަށް ހަމަޖައްސާފައިވަނީ އަހްމަދު މައުސޫމް އެވެ.

މައުސޫމަކީ މެނޭޖްމަންޓް ދާއިރާގައި ތަޖުރިބާކާރެއް ކަމަށްވާއިރު، އައިޖީއެމްއެޗްގައިވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

ތެލެސީމިއާ ސެންޓަރަށް ޑީޖީއެއް ހަމަޖައްސާފައި މިވަނީ ޚިދުމަތްތަކާ މެދު ތެލެސީމިއާ ކުދީންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ސެންޓަރަށް އިއްޔެ ކުރެއްވުމަށް ފަހުއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ސެންޓަރަށް ޒިޔާރަތްކުރައްވައި، ތަނުގެ ހާލަތު ބައްލަވާލެއްވުމަށްފަހު، އެތަނުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވިދާޅުވެފައިވެއެވެ. މިގޮތުން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްއަކާއި ޑިރެކްޓަރެއް އަވަހަށް ހަމަޖައްސަވާނެ ކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ވަރަށް އަވަހަށް ފިޒީޝަނެއް ވެސް ހަމަޖެހިގެންދާނެ ކަމަށާ އެތަނަށް މިވަގުތަށް ބޭނުންވާ ފަސް ނަރުހުން ހޯދުމަށް ވެސް މިއަދު އިއުލާނު ކޮށްފައިވާ ކަމަށް ބުންޏެވެ. އަދި ތެލެސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ ކަންކަން ވަކި މުއްދަތެއްގެ ތެރޭގައި ހައްލުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.

ތެލަސީމިއާ ކުދިންނާ ގުޅޭ ކަންކަމާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

ހިއްސާ ކުރައްވާ!