އަސާސީ މުދަލުން އިންޑިއާއިން ރާއްޖެއަށް ދީފައިވާ ކޯޓާގެ މިންވަރު އިތުރު ކޮށްފިއެވެ. އިންޑިއާ ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފައިވާ ނޮޓިފިކޭޝަންގައިވާގޮތުން، އިންޑިއާ އާއި ރާއްޖެ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން ޚާއްސަ ކޯޓާއެއްގެ ދަށުން އަބަދުވެސް އަސާސީ ބާވަތްތަކުގެ މުދާ ރާއްޖެއަށް ކުރާއިރު މިއަހަރާއި އަންނަ އަހަރަށް ކޯޓާގެ މުއްދަތު އިތުރުކޮށްފައިވަނީ ކޯޓާގެ މިންވަރު އިތުރު ކުރުމާއެކުގައެވެ.
ފިޔާ، ބިސް، އަލުވި، ހަކުރު، ހަނޑޫ އަދި ފުށުގެ ކޯޓާ ވަނީ %5 އަށް އިތުރުކޮށްފައެވެ. އަދި މުގު ކޯޓާ ވަނީ %56 އިތުރުކޮށްފައެވެ. ކެއިން ބުއިމުގެ ބާވަތްތަކުގެ އިތުރުން އިމާރާތް ކުރުމުގެ ސިނާޢަތަށް ބޭނުންވާ ހިލައާއި ހިލަވެލީގެ ކޯޓާވެސް 30 ޕަސެންޓަށް އިތުރު ކޮށްފައި ވެއެވެ.
އަސާސީ މުދަލަށް އިންޑިއާއިން ދީފައިވާ ކޯޓާތައް
* ބިސް – 448,913,750
* އަލުވި – 22،589 ޓަން
* ފިޔާ – 37،537 ޓަން
* ހަނޑޫ – 130،429 ޓަން
* ފުށް – 114,621 ޓަން
* ހަކުރު – 67,719 ޓަން
* މުގު – 350 ޓަން
* ހިލަ – 1,300,000 ޓަން
* ހިލަ ވެލި – 1,300,000 ޓަން
މިއީ 1989 ވަނަ އަހަރު ކޯޓާ ނިޒާމަށް އަމަލު ކުރަން ފެށިފަހުން ރާއްޖެއަށް ހަމަޖައްސާ އެންމެ ބޮޑު ކޯޓާއެވެ.




