އިންޑިއާގައި ޑޭޓާ ސެންޓަރތައް އިތުރު ވަމުން ދަނީ

އިންޑިއާގައި ޑޭޓާ ސެންޓަރއަށް ޑިމާންޑް ހަލުވިކަމާއެކު އިތުރުވަމުންދާތީ އިންޑިއާ ވަރަށް އަވަހަށް ލީޑިން ޑޭޓާ ސެންޓަރުގެ ހަބަކަށް ވެދާނެ ކަމަށް ޖޭއެމް ފައިނޭންޝަލްގެ ރިޕޯޓެއްގައި ބުނެފިއެވެ. އިންޑިއާގެ ޑޭޓާ ސެންޓަރއަށް ޑިމާންޑް ބޮޑު ވަނީ އިންޓަނެޓް ބޭނުން ކުރާ މީހުން އިތުރު ވުމާއި އަދި ޑޭޓާ ގައުމުން ބޭރުގައި ރައްކާ ކުރުމުގެ ބަދަލުގައި އެތެރޭގައި ރައްކާ ކުރަން މީހުން ބޭނުންވާތީއާއި ސަރުކާރުން ގެންގުޅޭ ޑޭޓާއާ ބެހޭ ސިޔާސަތުތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (މަބް)ގެ ސަބަބުންނެވެ. މި ކަމަށް ފަހިކޮށްދޭ ކަންތައްތައްވެސް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އިންޑިއާގައި މިހާރު ޑޭޓާ ސެންޓަރ ހަދަން ފަށާފައިވާ ނިސްބަތުން، ޗައިނާގެ ޑޭޓާ ސެންޓަރު ތަކުގެ %50 އާއި އެއްވަރަށް ދިއުމަށް 2030 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާއަށް ބޭނުންވަނީ 5 ގިގަވޮޓް ގެ ކެޕޭސިޓީ ކަމަށްވެސް ބުނެފައި ވެއެވެ. މިވަގުތު އިންޑިއާގައި ޑޭޓާ ސެންތަރގެ ކެޕާސިޓީ އުޅެނީ 1.35 ގިގަވޮޓް އެވެ. އަދި، 2028 ވަނަ އަހަރު 3.3 ގިގަވޮޓްގެ ޑޭޓާ ސެންޓަރ ކެޕާސިޓީ އުފެއްދުމަށް ރާވާފައިވެއެވެ.

ހިއްސާ ކުރައްވާ!