ޕާކިސްތާނުގެ ބަލޫޗިސްތާނުގައި އިދިކޮޅު މީހުންނާއި އެކްޓިވިސްޓުންނާ ދެކޮޅަށް އަނިޔާވެރިކަން އިތުރުވަމުންދާތީ ދުނިޔޭގެ މުޖުތަމައުން ދަނީ ބަންގްލަދޭޝްގައި ކުރިން ކުރިމަތިވި އަނިޔާތަކާ އެއްގޮތް ހާލަތެއް އައިސްދާނެ ކަމަށް އިންޒާރު ދީފައެވެ. މިދިޔަ ހަފްތާގައި ބާއްވާފައިވާ މުޒާހަރާގައިވެސް ތިން މީހަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެ، ދިހަވަރަކަށް މީހުން ހައްޔަރުކޮށްފައިވެ އެވެ.
ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ޕާކިސްތާނުގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓުން އިންސާނީ ހައްގުތައް ދިފާއުކުރާ ފާހަގަކޮށްލެވޭ ބަޔަކު ހައްޔަރު ކުރުމަކީ ބަލައި ގަންނަން އުދަގޫ ކަމެކެވެ.
ޕާކސްތާންގެ ސަލާމަތީ ފަރާތްތަކުން ބަލޫޗިސްތާންގައި އިތުރަށް އޮޕަރޭޝަން ވަރުގަދަ ކޮށްފައި ވަނީ މާޗް މަހުގެ 11 ވަނަ ދުވަހު ބަލޫޗީ ބާޣީން ރޭލެއްގައި ހަމަލާއެއް ދިނުމުންނެވެ. މި ހާދިސާތައް ތަހުލީލުކުރާ ފަރާތްތަކުން ގުޅުވައިދެނީ ތާރީޚީ އަދި ސަގާފީ ފުން މައްސަލަތަކާ އެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ ދައުލަތުން މީހން ފިއްތުމަށް ދީން ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމާއި، ޚިޔާލުތަފާތުވާ މީހުންނާއި މައިނޯރިޓީތަކަށް އަމާޒުކޮށްގެން ހަމަލަތައް ދިނުން ހިމެނެއެވެ.
ބަންގްލަދޭޝް އާއި ބަލޫޗިސްތާނަކީ ޕާކިސްތާނުގެ އަނިޔާވެރިކަމުގެ ތާރީހެއް އޮތް ދެ ބައެކެވެ. އޭގެ ތެރޭގައި ދައުލަތުގެ ތާއީދު ލިބިގެން ހަރުކަށި އަމަލުތައް ހިންގުންވެސް އާންމެވެ.
ބަންގްލަދޭޝް އަށް މިނިވަންކަން ލިބުނީ 1971 ވަނަ އަހަރު ލޭ އޮހޮރުވަނިވި ހަނގުރާމައަކަށް ފަހު އެވެ. ބަލޫޗިސްތާން އަދިވެސް އޮތީ ވަރުގަދަ ކޮންޓްރޯލެއްގެ ދަށުގައި ކަމަށް މުހައްލިލުން ފާހަގަ ކުރެއެވެ. އަދި އެކަންކަމަކީ އަމިއްލަ ނިންމުމެއް ނިންމުމަށް ބޭނުންވާ ފަރާތްތަކަށް ހުރަސް ކުރިމަތިކޮށްލާ ކމެކެވެ.
ބަނގްލަދޭޝްއާއި ބަލޫޗިސްނާ ދެމެދު ބޮޑެތި ތަފާތުތަކެއް ހުރި ނަމަވެސް- ދެ ބައި މީހުންގެ ހާލަތު އިރެއްގައި އެއްގޮތް ކަމަށް ބުނެއެވެ.





