އިތުރު ތަންތާނގައި މުޒާހަރާތައް ބޭއްވޭނެ

މާލޭގައި ސުލްހަވެރިކަމާއެކު ހުއްދަ ނުނަގައި، އެއްވެ އުޅެވޭ ތަންތަން ހޯމް މިނިސްޓްރީން މިއަދު އަންގައި އިއުލާން ކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނުގައި ބަޔާން ކޮށްފައި ވަނީ ސުލްހަ ވެރިކަމާއެކު އެއްވެ އުޅޭ ސަރަހައްދު އިތުރު ކުރުމަށްޓަކައި ކުރިން އޮތް ހަމައެކަނި ކާނިވާ ސަރަހައްދުގެ އިތުރުން އެހެންތަންތަންވެސް ކަނޑައެޅީ ކަމަށެވެ.

އަލަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ،

  • ރަސްފަންނު ސަރަހައްދު
  • އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު
  • އުސްފަސްގަނޑު

މިތަންތަން އިއުލާން ކުރުމުގެ ކުރިން ހެންވޭރު ފުލުސް ބިލްޑިންގ ކައިރީގައި އެތައް ރެއެއް ވަންދެން ޒުވާނުން ވަނީ މަގު ބަންދު ކުރެވޭ ގޮތަށް މުޒާހަރާ ކޮށްފައެވެ. އެކަމުގެ ސަބަބުން އެހިސާބުގެ ވިޔަފާރިތަކަށް ދަތިވާކަމަށް ބުނެ ވިޔަފާރިވެރިން ވަނީ ޝަކުވާވެސް ކޮށްފައެވެ.

މާލޭގައި މިހާރު ފެށިގެން މިއުޅޭ މުޒާހަރާއަކީ އުސް އިމާރާތެއްގެ މަތިން ޗައްކު ކުރެވޭ ހާލަތެއްގައި 21 އަހަރުގެ ޒުވާނަކު ވެއްޓިފައިވާ މައްސަލައިގައި ކޮޅު ނުބެދޭ ވާހަކަތަކެއް ތަހުގީގީ އިދާރާއިން ދެއްކުމާ ގުޅިގެންނެވެ.

ރޭ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ކަރުނަ ގެސް ޖަހައިގެން މުޒާހަރާ ރޫޅާފައެވެ.

ހިއްސާ ކުރައްވާ!