އިންޑިއާއާއި ޕާކިސްތާންގެ ސަރަހައްދުގެ އެހި ހިސާބުތަކުގައި ޖައްސަޖައްސައިގެން ބަޑީގެ ހަމަލަތައް ބަދަލު ކުރާތާ މިހާރު 10 ދުވަސް ވެއްޖެއެވެ. ރެއަކީ އެންމެ ވަރުގަދައަށް ބަޑީގެ ހަމަލަތައް ބަދަލު ކުރި ރެއެވެ. އިންޑިއާގެ އަސްކަރީ މަސްދަރުތަކުން ބުނެފައި ވަނީ އިންޑިއާ ސިފައިން ރައްދު ހަމަލަތައް ދީފައި ވާނެ ކަމަށެވެ.
ރެއަކީ، ތަފާތު އެކި ދިމަދިމާއިން އެންމެ ގިނަ ފަހަރަށް ބަޑީގެ ހަމަލަތައް ބަދަލު ކުރި ރެއެވެ. ނަމަވެސް މި ހަމަލަތަކުގައި މިހާތަނަށް އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.
ހަމަލަތައް މައިގަނޑު ގޮތެއްގައި ކަޝްމީރުގައި ބަދަލުކޮށްފައި ވާއިރު އިންޑިއާއިން ވަނީ ޕާކިސްތާނާއި އިންޑިއާގެ ރާޖިސްތާނާ އިންވެގެން އޮންނަ ބޯޑަރު މަތިން އިންޑިއާގެ ސަރަހައްދުން ޕާކިސްތާނުގެ ބޯޑަރު ބަލަހައްޓާ މީހަކު ހައްޔަރުކޮށްފައެވެ. އިންޑިއާއިން މިމީހާގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޕާކިސްތާނުންވެސް އިންޑިއާގެ ކަޝްމީރު ސަރަހައްދުން އިންޑިއާ މީހަކު ޕާކިސްތާނު ސަރަހައްދަށް ވަނީ ކަމަށް ބުނެ ހައްޔަރުކޮށްފައި ވެއެވެ.
ޕަހަލްގަމްގެ ޓެރަރިސްޓް ހަމަލައަށް ފަހު ދެފަރާތުގެ ދެމދުގައި އުފެދިފަިއވާ ހަމަނުޖެހުމުގައި މަސްރަޙު ހޫނު ކުރަމުން ގެންދެއެވެ.



