ސައިންސްވެރިން އައު ކުލައެއް ހޯދައިގެންފި

ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ބަރކްލީގެ ސައިންސްވެރިންނަށް "އޮލޯ" ކިޔާ މުޅިން އައު ކުލައެއް ފެނިއްޖެ އެވެ. އެއީ މީގެ ކުރިން އެއްވެސް މީހަކަށް ނުފެންނަ ސާފުމަތީ ފެންވަރުގެ ގަދަ ކުލައެވެ. އެކުލައަކީ، ނުލާއި ފެހި އެކުލެވިގެންވާ ކުލައެކެވެ.

މި ހޯދުން ވަނީ ސައިންސް ޖާނަލްގައި ހިއްސާކޮށްފައެވެ. އޮލޯއަކީ، އެހެން ކުލަތަކެކޭ އެއްފަދައިން ހަމަ ލޮލަށް ފެންނާނެ ކުލައެއް ނޫނެވެ.

ސައިންސްވެރިން ބޭނުންކުރީ ލޮލުގެ ވަކި ސެލްތަކެއް ހަރަކާތްތެރިކުރުމަށް ލޭޒަރ ބީމް ފޮނުވާ "އޯޒް" ގެ ނަމުން ނަން ދީފައިވާ ޚާއްސަ މެޝިނެކެވެ. ލޮލުގެ މި ސެލްތަކުގެ އެހީގައި ކުލަތައް ފެންނައިރު، ފަރުވާތެރިކަމާއެކު ސަމާލުކަން ދީގެން ފަސް މީހަކަށް "އޮލޯ" ފެނިގެން ދިޔަ އެވެ.

ސައިންސްވެރިން ބުނަނީ އެއީ ގުދުރަތީ އެއްވެސް ކުލައަކަށް ވުރެން ގަދަ ކުލައެއް ކަމަށެވެ. "އޮލޯ" ރަނގަޅަށް ތަޖުރިބާ ކުރުމަށްޓަކައި ލޭޒަރ ގެޖެޓް ބޭނުންވެއެވެ.

ސައިންސްވެރިންގެ ތެރެއިން މިހާތަނަށް މި ކުލަ ތަޖުރިބާ ކުރީ އެންމެ ފަސް މީހުންނެވެ.

ހިއްސާ ކުރައްވާ!