ހޮލެންޑްގެ ދިރާސާ ވެރިން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ފިނިގެން މަލަކީ އޭގެ ފެށުމުގައި ރަތް ކުލައިގެ މަލެއް ނޫނެވެ. ކުރިން ފިނިފެން މަލަކީ ރީނދޫ ކުލައިގައި ފޮޅުނު މަލެކެވެ.
ރޯޒަޒް އާރ ރެޑް… އެއީ އެންމެނަށްވެސް ފަރިތަ އިޝްޤީ ޝުއޫރު ކިޔައިދޭ ޅެމެކެވެ. ނަމަވެސް މި އައު ހޯދުންތަކުން އެކަމަށް ގޮން ޖަހާލައެވެ.
ބަގީޗާގައި ހައްދާފައިވާ ފިނިފެންމަލާއި ވަލު ފިނިފެން މަލުގެ ސާމްޕަލްތައް ދިރާސާ ކުރުމަށް ބޭނުންކުރި އެޑްވާންސް އިވޮލިއުޝަނަރީ ޖެނެޓިކް އެނަލިސިސް އިން ސައިންސްވެރިންނަށް ހޯދައި ގަނެވުނު ނަތީޖާއަކީ، އަސްލުވެސް ފިނިފެން މަލަކީ ރީނދޫ މަލެއް ކަމަށެވެ.
ފިނިފެން މަލަކީ ދުނިޔޭގައި އެންމެ ގިނައިން އިންދާ ޒީނަތްތެރި މާތަކުގެ ތެރޭގައި ހިމެނޭ ބާވަތެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި މިހާރު ފެންނަ ރަތް އަދި ފިޔާތޮށި ކުލައިގެ ކުލަކުލައިގެ ފިނިފެންމާ އުފެދިފައިވަނީ ސެލެކްޓިވް ބްރީޑިންގ އާއި ޖެނެޓިކް މިއުޓޭޝަންތަކުގެ ތެރެއިން ލައިގެންނެވެ.






