ޗައިނާގެ އިންޓެލިޖެންސް ވިއުގައަކީ ބޮޑު ވިއުގައެއް: ބީބީސީ

ޗައިނާ އިން ހިންގަމުންދަނީ ދުނިޔޭގެ އެންމެ ބޮޑެތި ޖާސޫސީ ވިއުގަތަކުގެ ތެރެއިން އެއް ވިއުގަ ކަމަށް ބުނެ ބީބީސީއިން ރިޕޯޓެއް ނެރެފިއެވެ. މި ވިއުގައިގައި އަންދާޒާކުރެވޭ ގޮތުގައި 600،000 ޖާސޫސުންނާއި އަދި ސަލާމަތީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން ހިމެނޭ ކަމަށް ބުނެފައި ވެއެވެ. ޗައިނީސް ކޮމިއުނިސްޓް ޕާޓީގެ ޗެއަރމަން ޝީ ޖިންޕިންގ ގެ ދަށުން، މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީ އަދި ޔުނައިޓެޑް ފްރަންޓް ވަރކް ޑިޕާޓްމަންޓް ފަދަ ޕްރޮކްސީ ގްރޫޕްތައް، އާންމު ރައްޔިތުން ބޭނުންކޮށްގެން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ރިޕޯޓުގައި ބުނެއެވެ. މި މަސައްކަތކީ މަޤްޞަދަކީ "މުސްތަޤްބަލުގެ މުޖުތަމަޢުއެއް" ބިނާކުރުން ކަމަށް ބުނެއެވެ.
ފަހަކަށް އައިސް ޗައިނާއަށް ކުރެވިފައިވާ ތުހުމަތުތަކުން ޗައިނާއިން ފުޅާ ދާއިރާއެއްގައި ހިންގާ ޖާސޫސީ ޙަރަކާތްތައް މީޑިއާގެ ސަމާލުކަމަށް އައިސް ރިޕޯޓުތައް ކޮށްފައި ވެއެވެ. ޖަރުމަނުވިލާތުގައި، ކުރީގެ ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔައިގެ ސިޔާސީ ލީޑަރެއް ކަމުގައިވާ މެކްސިމިލިއަން ކްރާގެ އެހީތެރިއެއް ކަމުގައިވާ ޖިއަން ޖީ އަށް ވަނީ، 2002 އިން ފެށިގެން ބެއިޖިންގ އަށް ޖާސޫސް ކޮށްދިން ކަމަށް ތުހުމަތުކޮށް ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ޔޫރަޕިއަން ޕާލަމެންޓުގެ ސިއްރު ލިޔެކިޔުންތައް ލީކުކުރުމާއި އަދި ސަރުކާރާ ދެކޮޅު ފަރާތްތަކަށް ފާރަލުމުގެ މަސައްކަތް ކުރި ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީ އިން ވަނީ މި ދަޢުވާތައް ދޮގުކޮށް، މިއީ "އަސާސެއް ނެތް ބަދުނާމުކުރުން" ކަމުގައި ބުނެފައިވެއެވެ. ހަމައެހެންމެ، ޔޫކޭގެ ޖާސޫސީ އިދާރާ އެމްއައި5 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާ ސެކިއުރިޓީ މިނިސްޓްރީން 20،000 އޮންލައިން މީހުން ރެކްރޫޓް ކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. މި މަސައްކަތްތައް މައިގަނޑު ގޮތެއްގައި ކުރެވިފައިވަނީ ލިންކްޑްއިން މެދުވެރިކޮށެވެ. އަދި ފްރާންސް އާއި ޖަރުމަނުވިލާތުން ވެސް މިފަދަ އެތައް މަސައްކަތެއް ކުރެވިފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

އެމެރިކާގެ 2025 އަހަރީ ނުރައްކަލުގެ އެސެސްމަންޓުގައި ގައި ޗައިނާ އަށް ތުހުމަތުކޮށްފައިވަނީ ގިނަ އަދަދެއްގެ އިންޓެލެކްޗުއަލް ޕްރޮޕަރޓީ ވަގަށް ނެގުމާއި، ވޯލްޓް ޓައިފޫން އަދި ސޯލްޓް ޓައިފޫން ފަދަ ސައިބަރ ހަމަލާތައް ދިނުމުގެ މަސައްކަތުގައި އުޅުނު ކަމަށެވެ. މި ހަމަލާތަކުގެ އަމާޒަކީ މުހިންމު އިންފްރާސްޓްރަކްޗާތައް ފޫއަޅުވާލުމާއި ޑޭޓާ ވަގާށް ނެގުން ކަމަށް ބުނެއެވެ.

ދޭތެރޭން ޗައިނާއާ ދެކޮޅަށް މިފަދަ ތުހުމަތުތައް ކުރެވޭއިރު ޗައިނާއިން ހަރުކަށި އިބާރާތުން މިކަން ކުށްވެރިކޮށް މިއީ ބަދުނާމު ކުރުމަށް ހިންގާ މަސައްކަތްތައް ކަމަށް ބުނެއެވެ.

ހިއްސާ ކުރައްވާ!