މުޙައްމަދު ނަޒީރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފި

ލަންޑަންގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް އަދި، ސަންލޭންޑް ހޮޓެލްގެ ޑިރެކްޓަރ މުޙައްމަދު ނަޒީރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.

އައްޑޫ ހުޅުދޫ، ޝެއިޚު އަބްދުލްބާރީގެ މުޙައްމަދު ނަޒީރަކީ ފަތުރުވެރިކަމުގެ ދާއިރާގައިވެސް ގިނަ ޚިދުމަތްތަކެއް ކުރައްވާ ފައިވާ އިސްލާހަށް މަސައްކަތް ކުރެއްވި، ބިނާ ކުރަނިވި ވިޔަފާރި ވެރިއެކެވެ. އަދި މަރުޙޫމު ޝެއިޚު ޑރ. ޢަބްދުލްމަޖީދު އަބްދުލް ބާރީގެ ބޭބެ ވެސް މެއެވެ.

މަރްޙޫމް މުޙައްމަދު ނަޒީރުގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

ހިއްސާ ކުރައްވާ!