ޗައިނާ މީހުން ގިނަ އަދަދެއްގެ ބަރަވެލި ބޭރުކުރަން އުޅުނީ ކީއްވެ؟

ގިނަ އަދަދެއްގެ ބަރަވެލި ތަކެއް ވަގަށް ބޭރު ކުރަން އުޅުނު ޗައިނާގެ 3 މީހަކު ޖަޕާނުގައި ހައްޔަރުކޮށްފިއެވެ. ހުޅަނގު ދެކުނު އަމާމީ ސިޓީ ގައި މިމީހުންގެ ހޮޓަލެއްގައި ތިބެފައި ދަމުން ދިޔައީ، 160 ކިލޯގެ ބަރަވެލި ފޮށްޓަށް ލައިގެންނެވެ.

ފޮށިތެރޭން އަޑުތަކެއް ގޮވާތީ ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައީ ހޮޓެލްގެ ސްޓާފުންނެވެ. ފުލުހުން ބެލި އިރު 6 ފޮށީގައިވެސް ހުރީ ބަރަވެއްޔެވެ.

ޗައިނާގެ ލިއާއޯ ޒިބިން، ސޮންގް ޒެންހާއޯ އަދި ގުއޯ ޖިއާވޭ ހައްޔަރުކުރީ ހިމާޔަތް ކޮށްފައިވާ ޖަނަވާރެއް ހުއްދައެއް ނެތި ބޭރުކުރަން އުޅުނު ކަމުގެ ތހުމަތުގައެވެ.

ބަރަވެލި ޖަޕާނުގައި ހިމާޔަތްކޮށްފައި އޮތުމުން އެސޮރުމެންގެ އަގު އުޅެނީ 20،000 ޔެން (137 އެމެރިކާ ޑޮލަރު) އާ ހަމައިގައެވެ.

ޗައިނާގައި ބަރަވެއްޔަކީ ޕެޓްގެ ގޮތުގައި ގޭގައި ގެންގުޅޭ އެއްޗެކެވެ.

ހިއްސާ ކުރައްވާ!